ގދ. ތިނަދޫ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ކޮވިޑްް-19 ފެސިލިޓީއަށް ބަދަލުކޮށް ފަރުވާދެނިކޮށް މިއަދު މަރުވި އުމުރުން އެންމެ ތިން މަހުގެ ކުއްޖާގެ މަރާ ގުޅިގެން ޑޮކްޓަރަކު ސަސްޕެންްޑްކޮށްފައިވާ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފިއެެވެ.
ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނީ މިއަދު ފަތިހު އެ ހޮސްޕިޓަލުން ނިޔާވި ތިން މަހުގެ ފިރިހެން ކުއްޖާގެ މަރަކީ ކޮވިޑް މަރެއް ނޫން ކަަމަށް އެޗްޕީއޭ އިން ނިންމާފައިވާ ކަމަށެވެ. ތިނަދޫ ހޮސްޕިޓަލުން މައުލޫމާތު ދިންގޮތުގައި ތުއްތު ކުއްޖާ ކޮވިޑަށް ޕޮޒިޓިވްވިތާ މިއަދަށް ވަނީ 16 ވަނަ ދުވަސް ވެފައެވެ. އަދި މިއަދަކީ އެ ބަލިން ރަނގަޅުވެގެން އެ ކުއްޖާ ހޮސްޕިޓަލުން ދޫކޮށްލަން އޮތް ދުވަސް ކަމަށް ތިނަދޫ ހޮސްޕިޓަލުން ބުނެއެެވެ.
އެ ކުއްޖާ މަރުވީ ހޮސްޕިޓަލްގެ އިހުމާލުން ކަމަށް އާއިލާއިން ވަނީ ތުހުމަތުކޮށްފައެވެ. އެ ތުހުމަތާއި ގުޅިގެން ހޮސްޕިޓަލްގެ ބިދޭޭސީ ޑޮކްޓަރު ގޭގައި މަޑުކުރަން އެންގީ އެ މައްސަލަ ބަލައި ނިމެންދެން ކަމަށް އެ ހޮސްޕިޓަލުން ހާމަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު