ކީރިތި ރަސޫލާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ޢީދު މީލާދު ފާހަގަކުރުމަކީ ބިދުޢައެއް ނޫންކަމަށާއި، އެއީ ކުރަންޖެހޭ ކަމެއްކަމަށް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެއެެވެ.
ކީރިތި ރަސޫލާގެ އީދު މީލާދުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ރަބީއުލްއައްވަލް މަހުގެ 12 ވަނަ ދުވަހުއެވެ. ރަސޫލާގެ އީދު މީލާދު ފާހަގަކުރުމަކީ އިސްލާމްދީނުގައި އޮންނަ ކަމެއް ނޫން ކަމަށާއި، އެބިދުޢައެއް (ދީނަށް އަލަށް ވައްދައިގެން އުޅޭ ކަންކަން) ކަމަށް ބައެއް ދީނީ އިލްމްވެރިން ވަނީ ވިދާޅުވެފައެވެ.
މިސްރުގެ އަލް އަޒުހަރު ޔުނިވަސިޓީން ދީނީ ތައުލީމް ހާސިލްކުރަށްވާފައިވާ އިލްމްވެރިޔާ އަދި ރާއްޖޭގެ ރައީސްކަން ތިރީސް އަަހަރު ކުރެެއްވި ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް ވިދާޅުވީ، ރަސޫލާގެ އީދު މީލާދު ފާހަގަކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށާއި އެއީ ބިދުއަ އެއް ނޫން ކަމަށެވެ. އަދި ރަސޫލާގެ އީދު މީލާދު ފާހަަގަކުރުމަކީ ހަރާމް ކަމެއް ނުވަތަ މަކްރޫޙަ ކަމެއް ނޫން ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. ރައީސް މައުމޫން ވިދާޅުވީ ޒަމާނުއްސުރެ ރަސޫލާގެ އީދު މީލާދު ޒިކުރާ އާކުރުމުގެ ގޮތުން ރާއްޖޭގައި ރަބީއުލްއައްވަލް މަހުގެ 12 ވަނަ ދުވަސް ފާހަގަކުރަމުން އަންނަ ކަމަށެވެ.
"އެ މުނާސަބަތުގައި ރަސްމީ ޖަލްސާތައް ބާއްވައި އެޖަލްސާތަކުގައި ގައުމުގެ އެންމެ މަތީވެރިޔާ ބައިވެރިވެވަޑައިގެންފަައިވެއެެވެ. މިހެން މިކަން އޮތް ނަމަވެސް ފަހަކަށް އައިސް މި މަތިވެރި މުނާސަބާތުގައި ރަސްމީ ޖަލްސާ އެއް ނުބާއްވައެވެ. އެއީ ކީއްވެ ކަމެއް ރަސްމީ ފަރާތަކުން ވިދާޅުވެފައެއް ނެތެވެ." ރައީސް މައުމޫން ވިދާޅުވިއެވެ.
މައުމޫން އިތުރަށް ވިދާޅުވީ މިހާރު ވެސް ވަރަށް މަދު އިސްލާމީ ގައުމެއް ފިޔަވައި ގިނަ ގައުމުތަކުގައި އީދު މީލާދު ފާހަގަކުރަމުންދާ ކަމަށެވެ. މީގެ އިތުރުން ރާއްޖޭގައި ރަސޫލާގެ އީދު މީލާދު ރަސްމީކޮށް ފާހަގަނުކުރަނީ މާތް ނަބިއްޔާއާއި އެކަލޭގެފާނުގެ އަސްހާބު ބޭކަލުންނާއި ތާބިއީ ބޭކަލުން އެދުވަސް ފާހަގަކުރައްވާފައިނުވާތީ އެއީ ބިދުއައެއް ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާތީ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ދީނީ ނަޒަރަކުން ބަލާއިރު އެއީ މާ ބުރަދަނެއް ހުރި ވާހަކައެއް ނޫން ކަމަށެެވެ. އަދި އިސްލާމްދީނުގައި ހަރާމް ކުރައްވާފައިނުވާ ކޮންމެ ކަމަކީ ހުއްދަ ކަމެއް ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. ކީރިތި ގުރުއާނުން ދަލީލު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ބިދުއަ އެކީ ދީނުގައި ކުރިން އައިސްފައިނުވާ ކަމެއް އަލަށް އުފެއްދުން ކަމަށެެވެ.
"މިސާލަކަށް ފަރުޟު ފަސް ނަމާދުގެ ތެރެއަށް ފަރުޟު ނަމާދެއް އިތުރުކުރުން ވާނީ ބިދުއަކަށެެވެ. ޢެހެން ނަމަވެސް ކުރިން ކުރެވިފައިނުވާ ކަމެއް އެކަމުގައި އެކުލެވިގެންވާ ފައިދާއަށްޓަކައި ދީނީ އުސޫލުތަކާއި ޚިލާފުނުވާ ގޮތުގެ މަތިން ކުރުމަކީ ބިދުއައެއް ނޫނެވެެ. އެކަންވާނީ ހުއްދަ ކަމަކަށެވެ." ރައީސް މައުމޫން ލިޔުއްވާފައިވެއެވެ.
ރައީސް މައުމޫން ވިދާޅުވީ ބިދުއަ ކަމުގައި ބަލަންޖެހޭނީ ޝަރުއީ އުސޫލުތަކާއި ޚިލާފަށް އަލަށް އުފައްދާ ކަންކަމަށެވެ. އަދި އެކަމަކީ ކުރިން ކުރެވިފައިވާ ކަމަކަށް ނުވިއަސް އެކަމަކީ ޝަރުއީ ހުކުމްތަކަށް ފުށު ނާރާ ގޮތަށް މުޖުތަމައަށް މަންފާ ކުރަނިވި ކަމެއް ކަމުގައިވާނަމަ އެކަމެއް ބިދުއަ އަކަށް ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރާއްޖޭގައި ރަސޫލާގެ އީދު މީލާދު ފާހަގަކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ރަބީއުލްއައްވަލް މަހުގެ 12 ވަނަ ދުވަހަކީ ސަރުކާރުގެ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ވަނީ ހަމަޖަައްސާފައެވެ. އަދި އެދުވަހާއި ގުޅޭގޮތުން ރައީސުލްޖުމުހޫރިއްޔާ ޚިތާބު ދެއްވައި ރަސްމީ ޖަލްސާ ވެސް ބާއްވައެވެ.

ކީރިތި ރަސޫލާގެ ޢީދުމީލާދު ފާހަގަ ކުރުމަކީ ބިދުޢައެއް ނޫން. އެއީ ކުރަން ޖެހޭ ކަމެއް. މިލިއުން ބައްލަވާ ލައްވާ! pic.twitter.com/8r5jN4M7PD
— Maumoon Abdul Gayoom (@maumoonagayoom) October 18, 2021

ކިޔުންތެރިންގެ ހިޔާލު