ހދ. ކުޅުދުއްފުށިން ފުރައިގެން ށ. ފީވަކަށް ދަތުރުކުރި ދޯންޏެއް، ފީވަކަށް ވަންނަން އުޅުމުގެ ތެރޭގައި ބަންޑުން ޖަހާލައިފިއެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާ ހިނގާފައި ވަނީ މިއަދު ހަވީރު 4:30 ހާއިރުކަމަށާއި، މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ.

3 މީހުންނާއެކު ދަތުރުކުރި ކުޑަ ދޯނީގައި މުދަލެއް ނެތްކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ރާއްޖެއަށް މިދުވަސްވަރު މޫސުން ގޯސްވެފައިވާއިރު، ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތައް ވެސް ދަނީ ހިނގަމުންނެވެ. އެހެންކަމުން ދަތުރުކުރާ ފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސް ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު