ކަނޑުމަތީގެ ހާދިސާތައް މަދުކުރަން ބޭނުންވާނަމަ އާއްމުން ހޭލުންތެރިކުރަންޖެހޭކަމަށް މަޑުއްވަރީގެ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވެފައި މިވަނީ ވޭތުވެތުވެދިޔަ ދުވަސްތަކުގައި ރާއްޖޭގައި މޫސުން ގޯސްވެގެން ބައެއް ހިތާމަވެރި ހާދިސާތައް ހިނގާފައިވާއިރު އެކަމަށް އާންމުން ހޭލުންތެރިކޮށް ކަމާބެހޭ ގަވާއިދުތަކަށް އަމަލުކުރޭތޯ ބަލަމުން ނުދާކަމަށް ބުނެ ބައެއް ފަރާތްތަކުން ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ.

އާދަމް ޝަރީފް ވިދާޅުވީ މީގެކުރިންވެސް މިފަދަ ހާދިސާތަކާއި ގުޅިގެން މަޖިލީހަށް ޤަރާރު ހުށައަޅުއްވާފައިވާނެ ކަމަށެވެ. ނަމަވެސް މަޖިލީހުން ނަތީޖާއެއް ނުނެރެވުނުކަމަށާއި، އަދި ސަރުކާރުން އެކަމާ އަޅާވެސް ނުލިކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ ކަނޑުދަތުރުތަކުގެ ރައްކާތެރިކަން ހޯދޭނީ ޤާނޫނުތަކާއި ގަވާއިދުތަކަށް މީހުން އަހުލުވެރިކޮށް، ތަންފީޒުކޮށްގެންކަމަށެވެ.



ރާއްޖެއަށް މިދުވަސްވަރު މޫސުން ވަރަށް ގޯސްއިރު ކަނޑުމަތީގެ ބައެއް ހާދިސާތައް އަންނަނީ ތަކުރާރުވަމުންނެވެ. އަދި އޭގެތެރެއިން އެއް ހާދިސާގައި އަންހެނަކު ނިޔާވެފައިވާއިރު، 4 އަހަރުގެ ކުއްޖަކު ވަނީ ގެއްލިފައެވެ. ނަމަވެސް މިހާތަނަށް މިކަމުގައި ސަރުކާރުން އަޅާނެ ފިޔަވަޅެއް ހާމަކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު