މާލެއިން ގދ. އަތޮޅުގެ ރަށްތަކަށް މަސްތުވާތަކެތި އެތެރެކުރަމް އުޅުނު މީހަކު ހައްޔަރުކޮށް 90 ދުވަހަށް ބަންދުކޮށްފިއެވެ.
ފުލުހުން ހާމަކުރި ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގދ. ވާދޫ، ދިލްކުޝާގެ، އުމުރުން 41 އަހަރުގެ މުޙައްމަދު ނިޝާދެވެ.
ނިޝާދު ހައްޔަރުކޮށްފައިވަނީ މާލެއިން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަމުންދިޔަ ބޯޓެއްގައި، ގދ. އަތޮޅުގެ އެކި ރަށްރަށަށް އަމާޒުކޮށްގެން މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ. އެ މައުލޫމާތު ލިބުމާއެކު، ތިނަދޫ ޕޮލިހާއި އިންޓެލިޖެންސް ގުޅިގެން މި މަހުގެ 7 ވަނަ ދުވަހު ވަނީ ކާމިޔާބު އޮޕަރޭޝަނެއް ހިންގާފައެވެ.
މި އޮޕަރޭޝަނުގައި ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި ދެ ރަބަރު ޕެކެޓާއި، ފިލްމު ހުސްކުރި ދަޅެއް ވަނީ އޭނާގެ އަތުން ފެނިފައެވެ. ފުލުހުން ބުނި ގޮތުގައި މި ތަކެތީގެ ވަގުތީ ބަރުދަނުގައި 37.99 ގްރާމް ހުއްޓެވެ.
މި މައްސަލައާ ގުޅިގެން ނިޝާދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތުން ވަނީ އޭނާ 90 ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު