މައިންބަފައިންނާއި ނުބެހި ސިޔާސީ ޒުވާބުކުރަން ދަސްކުރެއްވުމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ގޮވާލައްވައިފިއެވެ.
ރީކޯ މޫސާ މަނިކު މިކަމަށް ގޮވާލެއްވީ ރައީސް ނަޝީދު މިއަދު ބޭއްވެވި ޕްރެސް ކޮންފަރެންސެއްގައި ރީކޯ މޫސާ މަނިކުގެ ބައްޕައާއި ބެހިވަޑައިގެންކަމަށް ވިދާޅުވެއެވެ.
ރައީސް ނަޝީދު މިއަދު ބޭއްވެވި ޕްރެސް ކޮންފަރެންސްގައި އެމްޑީޕީ އިސްލާހުކުރުމަށް ރީކޯ މޫސާ ގޮވާލި ގޮވާލުމާއި ގުޅޭގޮތުން ނޫސްވެރިއަކު ސުވާލުކުރުމުން ރައީސް ނަޝީދު ދެއްވީ ވަރަށް ތަފާތު ޖަވާބެކެވެ. އެގޮތުން އެމަނިކުފާނު ފެށްޓެވީ ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި މާލޭގައި އުޅުނު ކުޑަ އަލީ ނަމަކަށް ކިޔާ މީހެއްގެ ވާހަކައެވެ.
"އަޅުގަނޑުގެ ގާތުގައި މީހަކު ބުނީ މާލޭގައި އުޅުނޭ ކުޑަ އަލީ ކިޔާ މީހަކު. އިބްރާހިމް ނާސިރާއި އަބްދުލް ހަންނާން ހަލީމް، އަމަން އާއްމުގައި ހުންނެވީ އަބްދުލްހަންނާން.. މި ކުޑައަލީ ކިޔާ މީހާ އެކި އެއްޗެހި ކިޔާ.. ނާސިރޭ ކިޔައިގެންވެސް ކިތަންމެ އެއްޗެއް ކިޔައިފި.. އެންމެފަހުން ނާސިރު ވިދާޅުވީ އަބްދުލްހަންނާން އަރިހުގައި ދެން ކުޑަ އަލީ ދޫކޮށްލައިގެން އަޅުގަނޑުމެންނަށް ވެރިކަން ނުކުރެވެންޏާ، ދެން ނުކުރާންވީ ނޫންހޭ." ރީކޯ މޫސައާ ގުޅޭގޮތުން ރައީސް ނަޝީދާ ކުރި ސުވާލަށް ޖަވާބުދެއްވަމުން ވިދާޅުވިއެވެ.
ބެލެވޭ ގޮތުގައި ރައީސް ނަޝީދުގެ ވާހަކަފުޅުގައި އެ ދައްކަވަނީ ރައީސް ސާލިހަށް ރީކޯ މޫސަ ނުލައި ވެރިކަން ކުރެއްވެން ނެތްކަމަށްވާނަމަ، ވެރިކަން ނުކުރަންވީނޫންހޭ، ވިދާޅުވާ ފަދަ ވާހަކަފުޅެކެވެ. އެއީ ރީކޯ މޫސައަކީ ރައީސް ސާލިހާ ވަރަށް ގާތް ގުޅުމެއް ބާއްވަވާ، އަދި ރައީސް ސާލިހަށް ސިޔާސީގޮތުން މިހާރު ވަރަށް ބޮޑަށް ތާއީދުކުރަށްވާ ބޭފުޅަކަށްވާތީ ރައީސް ނަޝީދު ވިދާޅުވި ބަސްފުޅެއްކަމަށް ބެލެވެއެވެ.
ނަމަވެސް ރައީސް ނަޝީދު ދެއްކެވި ވާހަކަތައް ރީކޯ މޫސަ ނެންގެވީ ވަރަށް ތަފާތުކޮށެވެ. މޫސަ ވިދާޅުވާގޮތުން ކުޑަ އަލީ އަކީ މޫސަގެ ބައްޕައެވެ. އަދި ރައީސް ނަޝީދުގެ ވާހަކަފުޅުތައް މޫސަ ސިފަކުރެއްވީ މައިންބަފައިންނާއި ބެހިވަޑައިގެން ކަމަށެވެ.
މޫސަ ވިދާޅުވީ ރައީސް ނަޝީދުގެ ބައްޕާފުޅު ދުނިޔޭގައި ހުންނެވިޔަސް، މޫސަގެ އެންމެ ލޯބިވާ ކުޑައަލީ (ބައްޕަ) ވަނީ މިދުނިޔެއާ ވަކިވެފައިކަމަށެވެ. އަދި ބައްޕައާ ނުބެހި ސިޔާސީ ޒުވާބުކުރަން ރައީސް ނަޝީދަށް އެނގިވަޑައިގަންނަވަން ވާނެކަމަށް މޫސަ ވިދާޅުވިއެވެ.
އެއް އިރެއްގައި ސިޔާސީ ގޮތުން ގާތް ދެ ބޭފުޅުންގެ ގޮތުގައި ރައީސް ނަޝީދާއި ރީކޯ މޫސަ ފެނުނަސް، ރީކޯ މޫސަ އެމްޑީޕީން ބޭރުކޮށްލި ހިސާބުން އެ ދެ ބޭފުޅުންނަކީ ސިޔާސީ ދެ ހަތުރުންކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.

މިދުވަސް ހަނދާކޮށްލައްވާ މަނިކުފާނުގެ ބައްޕަ ދުނިޔޭގައ ހުންނެވިޔަސް އަޅުގަނޑު އެއްމެލޯބިވާ. ކުޑައަލީ (ބައްޕަ) ވަނީ މިދުނިޔެއާވަކިވެފަ ބައްޕަޔާނުބެހި ސިޔާސީ ޒުވާބުކުރަންއެގެންޖެހޭނެ @MohamedNasheed pic.twitter.com/VuQbmVrOrp
— Moosa Maniku (Reeko) (@ReekoMoosa) October 13, 2021
މޫސަ ވިދާޅުވީ ރައީސް ނަޝީދުގެ ބައްޕާފުޅު ދުނިޔޭގައި ހުންނެވިޔަސް، މޫސަގެ އެންމެ ލޯބިވާ ކުޑައަލީ (ބައްޕަ) ވަނީ މިދުނިޔެއާ ވަކިވެފައިކަމަށެވެ. އަދި ބައްޕައާ ނުބެހި ސިޔާސީ ޒުވާބުކުރަން ރައީސް ނަޝީދަށް އެނގިވަޑައިގަންނަވަން ވާނެކަމަށް މޫސަ ވިދާޅުވިއެވެ.
އެއް އިރެއްގައި ސިޔާސީ ގޮތުން ގާތް ދެ ބޭފުޅުންގެ ގޮތުގައި ރައީސް ނަޝީދާއި ރީކޯ މޫސަ ފެނުނަސް، ރީކޯ މޫސަ އެމްޑީޕީން ބޭރުކޮށްލި ހިސާބުން އެ ދެ ބޭފުޅުންނަކީ ސިޔާސީ ދެ ހަތުރުންކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.
ކިޔުންތެރިންގެ ހިޔާލު