ސާވިސް ޗާޖާއި ގުޅޭ ލިއެކިޔުންތައް މީރާއަށް ހުށަހަޅަންޖެހޭ ގޮތަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީއާއި މީރާއާއި ދެމެދު އެއްބަސްވުމެއް ޤާއިމްކޮށްފިއެވެ.

ސާވީސްޗާޖުގެ މައުލޫމާތަކީ ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން ލޭބަރ ރިލޭޝަން އޮތޯރިޓީއަށް ލިބެންޖެހޭ މައުލޫމާތުތަކެވެ. މީގެ ކުރީން އޮތް އުސޫލުގެ ދަށުން މީރާ އަދި ލޭބަރ ރިލޭޝަން އޮތޯރިޓީއަށް މިމައުލޫމާތު ފޯރުކޮށްދޭން ޖެހެއެވެ.


މިއެއްބަސްވުމުގެ ދަށުން ޤަނޫނީ ސާވިސް ޗާޖު ނަގާ ކޮންމެ ފަރާތަކުން މީރާއަށާއި، ލޭބާރ ރިލޭޝަން އޮތޯރިޓީއަށް ހުށަހަޅަން ޖެހޭ ލިއެކިއުންތައް މީރާގެ އޮންލައިން ޕޯޓަލް، މީރާ ކަނެކްޓް މެދުވެރިކޮށް ހުށަހެޅުމުން އެ މައުލޫމާތު ލޭބަރ ރިލޭޝަން އޮތޯރިޓީއަށް ފެންނާނެކަމަށް މީރާއިން ބުނެއެވެ. މީގެ އިތުރަށް އެއްބަސްވުމުގެ ދަށުން ލޭބަރ ރިލޭޝަން އޮތޯރިޓީއަށް ދައްކަން ޖެހޭ ޖޫރިމަނާ ފައިސާވެސް މީރާއަށް ބަލައިގަތުމުގެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.

މިއެއްބަސްވުމުގައި މީރާގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލެވެ. އަދި ލޭބަރ ރިލޭޝަން އޮތޯރިޓީގެ ފަރާތުން ސޮއިކުރެއްވީ އެ އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް، އިބްރާހިމް ރަޝީދު މޫސާއެވެ.

ރާއްޖޭގައި ސާވިސް ޗާޖުގެ ލިޔެކިޔުންތައް އެންމެ ގިނައިން ހުށަހަޅަނީ ރިސޯޓުތަކުންނެވެ. އެގޮތުން މުވައްޒަފުންނަށް ދޭ ސާވިސް ޗާޖުގެ މިންވަރާއި ބެހޭ މައުލޫމާތު ވަޒީފާއި ބެހޭ ޤާނޫނުގެ ދަށުން ކަމާއި ގުޅޭ އިދާރާތަކަށް ހުށަހަޅަންޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު