އެމްއެންޑީއެފްއިން ވީއައިޕީންނަށް ދޭ ސެކިއުރިޓީ ކަންކަމުގައި ފަންނީ ލަފާދީ ވިލަރެސްކުރުމަށްޓަކައި އެމެރިކާގެ ސެކިއުރިޓީ ކޮންސަލްޓެންޓެއް ރާއްޖެ ގެނެސްފިއެވެ.
ޑިފެންސް މިނިސްޓްރީން ގެނައި ކޮންސަލްޓެންޓްއަކީ އެމެރިކާގެ ތަޖުރިބާކާރެއްކަމަށްވާ ޝީމަސް މިއުލާއެވެ.
އޭނާ ވަނީ އިއްޔެ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީއާ ބައްދަލުކުރައްވާފައެވެ.
ޑިފެންސް މިނިސްޓްރީން ބުނީ މިއުލާގެ ދަތުރުގައި ރާއްޖެ ވަޑައިގެން އުޅުއްވަނީ ވީއައިޕީންނަށް ދޭ ސެކިއުރިޓީ ހިދުމަތްތައް ވިލަރެސް ކުރުމުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. ނަމަވެސް އެކަމާއި ގުޅޭ އިތުރު ތަފްސީލެއް ނުދެއެވެ.
ސަލާމަތީ ކަންކަމުގައި ލަފާ ދޭ ކޮންސަލްޓެންޓެއް ރާއްޖެ ގެނެސްފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއާއި ގުޅިގެން ދައުލަތުން ފޯރުކޮށްދޭ ސެކިއުރިޓި ކަންކަމުގައި މައްސަލަތަކެއް ހުރިކަމަށް ބުނެފާޑުކިޔުންތަކެއް އަމާޒުވެފައިވަނިކޮށެވެ.

އެމެރިކާގެ ވީ.އައި.ޕީ ސެކިއުރިޓީ ކޮންސަލްޓަންޓް ޝީމަސް މިއުލަރ އާ މިނިސްޓަރ @MariyaDidi ބައްދަލުކުރައްވައިފި. މިއުލަރ މާލެ ވަޑައިގެން އުޅުއްވަނީ ވީ.އައި.ޕީންނަށް ދޭ ސެކިއުރިޓީ ޚިދުމަތްތައް ވިލަރެސް ކުރުމުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދެއްވުމަށް. pic.twitter.com/QzND3wwfYB
— Ministry of Defence (@MoDmv) October 12, 2021
ޑިފެންސް މިނިސްޓްރީން ބުނީ މިއުލާގެ ދަތުރުގައި ރާއްޖެ ވަޑައިގެން އުޅުއްވަނީ ވީއައިޕީންނަށް ދޭ ސެކިއުރިޓީ ހިދުމަތްތައް ވިލަރެސް ކުރުމުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. ނަމަވެސް އެކަމާއި ގުޅޭ އިތުރު ތަފްސީލެއް ނުދެއެވެ.
ސަލާމަތީ ކަންކަމުގައި ލަފާ ދޭ ކޮންސަލްޓެންޓެއް ރާއްޖެ ގެނެސްފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއާއި ގުޅިގެން ދައުލަތުން ފޯރުކޮށްދޭ ސެކިއުރިޓި ކަންކަމުގައި މައްސަލަތަކެއް ހުރިކަމަށް ބުނެފާޑުކިޔުންތަކެއް އަމާޒުވެފައިވަނިކޮށެވެ.
ކިޔުންތެރިންގެ ހިޔާލު