އިންޑިއާގެ މަޝްހޫރު ފިލްމީތަރި، ދީޕިކާ ޕަޑޫކޯނަށް ގްލޯބަލް އެޗީވަރސް އެވޯޑްގެ ބެސްޓް އެކްޓްރެސްގެ މަގާމު ލިބިއްޖެއެވެ.
މިއަހަރުގެ ގްލޯބަލް އެޗީވަރސް އެވޯޑަށް 3000 ނަމެއް ނޮމިނޭޓް ކޮށްފައިވާއިރު، ދީޕިކާއަށް މިއެވޯޑް ލިބިފައިވަނީ އިންޑިއާގެ ފިލްމީ ދާއިރާއިން އޭނާ ހޯދާފައިވާ ކާމިޔާބީއާ ގުޅިގެންނެވެ. މިއީ އިންޑިއާގެ ފިލްމީ ތަރިއަކު މި އެވޯޑް ހާސިލު ކުރި ފުރަތަމަ ފަހަރެވެ.
ދީޕިކާގެ އިތުރުން މިއަހަރުގެ ގްލޯބަލް އެޗީވަރސް އެވަރޑްގައި، ބަރަކް އޮބާމާ، ޖެފް ބޭޒޯސް އަދި ކްރިސްޓިއާނޯ ރޮނާލްޑޯ ފަދަ ކާމިޔާބު ނަންތައް ހިމެނިފައިވެއެވެ.
ބޮލީވުޑްގެ ގިނަ ކާމިޔާބީ ތަކަކާއެކު މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުން ލޯބި ލިބެމުންދާ ދީޕިކާ ޕަޑޫކޯން ވަނީ ހޮލީވުޑްގެ ފިލްމަކުންވެސް ފެނިގެންގޮސްފައެވެ.
ދީޕިކާގެ ކާމިޔާބީއަށް ނިސްބަތްކޮށް ޓައިމްސް މެގަޒިން އިން 2018 ވަނަ އަހަރު ވަނީ، އެންމެ އިންފްލުއެންޝަލް 100 މީހުންގެ ތެރޭގައި ދީޕިކާ ހިމަނާފައެވެ. ގްލޯބަލް އެޗީވަރސް އެވޯޑްގެ އިތުރުންވެސް ބައިނަލްއަގުވާމީ ގޮތުން ގިނަ ގުނަ އެވަރޑްތަކެއް ދީޕިކާ ހާސިލް ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު