ފިލްމު ގަންގުބާއީ ކަތިވަޑިއަގެ ޕޯސްޓަރެއް.
ފިލްމު ގަންގުބާއީ ކަތިވަޑިއަގެ ޕޯސްޓަރެއް.
ބޮލީވުޑްގެ ކާމިޔާބު ތަރި އާލިއާ ބަޓް ލީޑް ރޯލުން ފެނިގެންދާ ހިންދީ ފިލްމު ގަންގުބާއީ ކަތިވަޑިއަ، 2022 ވަނަ އަހަރު ރިލީޒް ކުރުމަށް ހަމަޖެހިފައިވާކަމަށް އާލިއާ ބަޓް ހާމަކޮށްފިއެވެ.

ކޮވިޑާ ގުޅިގެން އިންޑިއާގެ ސިނަމާތައް ގިނަ ދުވަސްތަކެއް ވަންދެން ބަންދުކޮށްފައި އޮތުމުން ބޮލީވުޑްގެ ގިނަ ފިލްމުތަކެއް ރިލީޒް ކުރުން ފަސްކުރުމަށްފަހު، މިހިނގާ އޮކްޓޯބަރު މަހުން ފެށިގެން އިންޑިއާގެ ގިނަ ސިނަމާތައް ހުޅުވަން ނިންމުމާއެކު، ބޮލީވުޑްގެ ގިނަ ފިލްމުތައް ރިލީޒް ކުރާނެ ތާރީޙުތައް ފިލްމު ޕްރޮޑިއުސަރުން ދަނީ ހާމަކުރަމުންނެވެ.

މިގޮތުން ސަންޖޭ ލީލާ ބަންސާލީ ޕްރޮޑިއުސްކޮށްފައިވާ ހިންދީ ފިލްމު ގަންގުބާއީ ކަތިވަޑިއަ، 6 ޖެނުއަރީ 2022 ގައި ރިލީޒް ކުރުމަށް މިހާރުވަނީ އިއުލާންކޮށްފައެވެ.

ބާރުވެރި، ނުފޫޒު ގަދަ އަންހެނެއްގެ ދިރިއުޅުން ދައްކުވައިދޭ މިފިލްމުން އާލިއާ ބަޓްގެ އިތުރުން، އަޖޭ ދޭވްގަން އަދި އިމްރާން ހަޝްމީ ފަދަ ބޮލީވުޑްގެ ކާމިޔާބު ތަރިން ފެނިގެން ދާނެއެވެ. މި ފިލްމު ވެގެންދާނީ ސަންޖޭ ލީލާ ބަންސާލީގެ ފިލްމަކުން އާލިއާ ބަޓް ފެނިގެންދާ ފުރަތަމަ ފިލްމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން