މާލެ ސިޓީން ކައުންސިލުން ޓުއަރިޒަމް މިނިސްޓްރީއާ ބައްދަލުކޮށްފިއެވެ.
ޓުއަރިޒަމް މިނިސްޓްރީން ބުނީ މިބައްދަލުކުރުމުގައި މަޝްވަރާކޮށްފައިވަނީ މާލެ ސިޓީއަކީ ފަތުރުވެރިންނަށް ހިތްގައިމު ތަނަކަށް ހަދައި، އިތުރު ފަތުރުވެރިންގެ ޝަޢުޤުވެރިކަން ހޯދުންކަމަށެވެ. އެގޮތުން އެކަންކަން ކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެއެވެ.
މާލެ ސިޓީ ކައުންސިލާއި ޓުއަރިޒަމް މިނިސްޓްރީން ބޭއްވި ބައްދަލުކުރުމުގައި ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމާއި، މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒާއި ސިޓީ ކައުންސިލާއި ޓުއަރިޒަމް މިިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
މާލެ ސިޓީ ކައުންސިލުން ދަނީ ސަރުކާރުގެ އެކި ފަރާތްތަކާއި ބައްދަލުކޮށް، މާލެ ސިޓީގެ ޚިދުމަތްތައް އިތުރަށް ރަނގަޅުކުރަން މަސައްކަތްކުރަމުންނެވެ. މީގެއިތުރުން މާލޭގެ އެކި އަވަށްތަކުގެ ރައްޔިތުންނާ ވަކިވަކިން ބައްދަލުކޮށް އާންމުންގެ ޚިޔާލު ހޯދައި އެޚިޔާލުތަކާ އެއްގޮތަށް ކަންކަން އިސްލާހުކުރުމުގެ މަސައްކަތް ކުރުމުގެ މަސައްކަތް ވެސް މާލެ ސިޓީ ކައުންސިލުން ވަނީ ފަށާފައެވެ.

Male' City Council Mayor @MMuizzu
— Ministry of Tourism (@MoTmv) September 30, 2021
Deputy Mayor @ahmed_narysh and Council Members met Minister @Mausoom_Maus and @MoTmv team today. The discussion focused on cooperation to make the Capital City more attractive and practical for tourists. pic.twitter.com/gYiZeMZqhR
މާލެ ސިޓީ ކައުންސިލާއި ޓުއަރިޒަމް މިނިސްޓްރީން ބޭއްވި ބައްދަލުކުރުމުގައި ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމާއި، މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒާއި ސިޓީ ކައުންސިލާއި ޓުއަރިޒަމް މިިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
މާލެ ސިޓީ ކައުންސިލުން ދަނީ ސަރުކާރުގެ އެކި ފަރާތްތަކާއި ބައްދަލުކޮށް، މާލެ ސިޓީގެ ޚިދުމަތްތައް އިތުރަށް ރަނގަޅުކުރަން މަސައްކަތްކުރަމުންނެވެ. މީގެއިތުރުން މާލޭގެ އެކި އަވަށްތަކުގެ ރައްޔިތުންނާ ވަކިވަކިން ބައްދަލުކޮށް އާންމުންގެ ޚިޔާލު ހޯދައި އެޚިޔާލުތަކާ އެއްގޮތަށް ކަންކަން އިސްލާހުކުރުމުގެ މަސައްކަތް ކުރުމުގެ މަސައްކަތް ވެސް މާލެ ސިޓީ ކައުންސިލުން ވަނީ ފަށާފައެވެ.
ކިޔުންތެރިންގެ ހިޔާލު