ރާއްޖެއިން ބޭރުގައި ތަމްރީނު ހަދަމުން ދިޔަ ދިވެހި އަސްކަރިއްޔާގެ ބޭކަލަކު މިއަދު ނިޔާވެއްޖެއެވެ.
އެމްއެންޑީއެފުން ބުނީ އިންޑިއާގެ ނޭޝަނަލް ޑިފެންސް އެކެޑެމީގައި ތަމްރީން ހަދަމުން ދަނިކޮށް ނިޔާވީ އއ. ހިމަންދޫ ރޯސްމީޑް، އެމްއެންޑީއެފް ޕްރައިވެޓް މުޙައްމަދު ސުލްޠާން ކަމަށެވެ. އޭނާ ނިޔާވީ ތަމްރީނު ހަރަކާތެއްގައި އުޅެނިކޮށް ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.
ނިޔާވި ސިފައިންގެ މީހާގެ ހަށިގަނޑު ރާއްޖެ ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
ނަމަވެސް ސުލްޠާން ނިޔާވި ސަބަބެއް އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު