މާލެ ސިޓީ | ރަސް ފޮޓޯ: ޝާޙް
މާލެ ސިޓީ | ރަސް ފޮޓޯ: ޝާޙް
މާލޭ ސިޓީގެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ބިނާކުރަނިވި ޚިޔާލުތަށް، ޕޯޓަލް މެދުވެރިކޮށް މާލޭ ސިޓީ ކައުންސިލަށް ހުށަހެޅޭގޮތަށް މާލޭ ސިޓީ ކައުންސިލުން ހަމަޖައްސައިފިއެވެ. މާލޭ ސިޓީ ކައުންސިލުން މިގޮތަށް ހަމަޖައްސައި ޕޯޓަލް ހުޅުވާލީ މިއަދުއެވެ.

ސިޓީ ކައުންސިލަށް ޝަކުވާއާއި ޚިޔާލުހުށަހެޅޭ ގޮތަށް ޕޯޓަލް ހުޅުވާލުމުން ރައްޔިތުންގެ ފަރާތުން ޝަކުވާއެއް ހުށަހަޅަންވެއްޖެނަމަ ނުވަތަ ޚިޔާލެއް ހުށަހަޅަން ބޭނުންވެއްޖެނަމަ ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެއެވެ. މި ޕޯޓަލް ހުޅުވާލައިފައިވަނީ މާލޭ ސިޓީކައުންސިލްގެ ވެބްސައިޓްގައެވެ.

ޕޯޓަލްގައި ފުރިހަމަކުރަންޖެހޭ މައުލޫމާތުތަކުގެތެރޭގައި ފުރިހަމަ ނަމާއި، އީމެއިލް އެޑްރެސް ނުވަތަ ފޯންނަމްބަރާއި، އަވަށާއި، އެޑްރެސް ހިމެނެއެވެ. އަދި ހުށަހަޅުއްވާ ކަންތައްތަކާގުޅިގެން ލިޔެކިއުމެއް ނުވަތަ ފޮޓޯއެއް ފޮނުއްވަން ބޭނުންވާނަމަ އެކަންވެސް ޕޯޓަލް މެދުވެރިކޮއް ކުރެވޭގޮތަށް ވަނީ ހަމަޖެހިފައެވެ.

ސިޓީ ކައުންސިލްގެ ކަންކަމާގުޅޭގޮތުން ޝަކުވާ ނުވަތަ ޚިޔާލު ހުށަހެޅުމަށް މި ގެނެވުނު ބަދަލަކީ ވީހާވެސް ލުއިފަސޭހަގޮތަކުން ޚިދުމަތްތައް ލިބިގަތުމަށް މަގުފަހިކުރުމުގެ ގޮތުން ގެނެވުނު ބަދަލެކެވެ. އަލަށް ހުޅުވި ޕޯޓަލްގައި ދެބަހުން މުޢާމަލާތްކުރެވޭގޮތަށް ހުންނާނެއެވެ.

ސިޓީ ކައުންސިލުން ބުނީ ކުރިން އޮތްގޮތަށް ޚިޔާލު ނުވަތަ ޝަކުވާ ހުށަހަޅާފަރާތްތަކަށް އެ ފުރުޞަތުވެސް ވަނީ ހުޅުވިފައި ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން