‏ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) އަށް ބޭނުންވާ ފުރަތަމަ ފެރީ އުޅަނދު މިއަދު ލޯންޗުކޮށްފިއެވެ.

ޕްލޭނިންގ މިނިސްޓްރީން ބުނީ އިންޖީނު އަޅައިނިންމައި ޓެސްޓްކުރުމަށްފަހު މި ހަފުތާގެ ތެރޭގައި މި އުޅަނދުގެ އަޖުމަބެލުމުގެ ދަތުރުތައް ފެށޭނެކަމަށެވެ.

މިނިސްޓްރީން ބުނީ އަމާޒަކީ ފުރަތަމަ ޒޯން (ހއ. ހދ. އަދި ށ) ގައި މި މަޝްރޫޢުގެ ދަތުރުތައް މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ފެށުންކަމަށެވެ.



އިންޓަރގްރޭޓެޑް ޕަބްލިކް ފެރީ ނެޓްވަރކް ނުވަތަ ހައި ސްޕީޑް ފެރީ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅާލުމުގެ މަސައްކަތަކީ، ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމެއް ރާއްޖޭގައި ޤާއިމުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ބިޔަ މަޝްރޫއެކެވެ. މި ޕްރޮޖެކްޓްގެ ހުރިހާ މަސައްކަތްތައް ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާއެވެ. ޕްރޮޖެކްޓް ތަންފީޒްކުރަނީ 3 ފިޔަވައްސެއްގައި، 6 ޒޯނަށް ބަހާލައިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން