ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު 4 ޤައުމެއްގެ އެންމެ އިސްވެރިންނާއި ބައްދަލުކުރައްވައިފިއެވެ.
މިބައްދަލުކުރެއްވުންތައް އޮތީ އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގައި ތަޤުރީރު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެމެރިކާގެ ނިއުޔޯކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ހަވާސާގައެވެ.
މިބައްދަލުކުރެއްވުންތަކުގައި ރައީސް ސާލިހު ބައްދަލުކުރެއްވީ ކުވޭތުގެ ބޮޑުވަޒީރު ހިޒް ހައިނަސް ޝައިޚް ޞަބާޙް ޚާލިދު އަލް-ޙަމަދް އަލް-ޞަބާޙް، ރިޕަބްލިކް އޮފް ޕަލާއޫގެ ރައީސް ހިޒް އެކްސެލެންސީ ސުރަންގެލް އެސް. ވިޕްސް ޖޫނިއަރ، ކޯޕަރޭޓިވް ރިޕަބްލިކް އޮފް ގަޔާނާގެ ރައީސް، ހިޒް އެކްސެލެންސީ ޑޮކްޓަރ މުޙައްމަދު އިރްފާން ޢަލީ އަދި ކާބޯ ވަރޑޭގެ ރައީސް ހިޒް އެކްސެލެންސީ ޖޯޖް ކާރލޮސް ފޮންސެކާއާއެވެ.
ކުވޭތުގެ ބޮޑުވަޒީރު ހިޒް ހައިނަސް ޝައިޚް ޞަބާޙް ޚާލިދު އަލް-ޙަމަދް އަލް-ޞަބާޙްއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކުވޭތަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވައި، ޚާއްޞަގޮތެއްގައި ކުވޭތު ފަންޑް ފޯރ ޢަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޭ.އެފް.އޭ.އީ.ޑީ) މެދުވެރިކޮށް ރާއްޖެއަށް ލިބޭ އެހީތެރިކަން ފާހަގަކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކާއި އިޖުތިމާޢީ ތަރައްޤީގެ ދާއިރާއިން ކުވޭތު ފަންޑުގެ އެހީތެރިކަމާއެކު ގިނަ މަޝްރޫޢުތަކެއް ހިންގާފައި ވާތީ އެކަން ރައީސުލްޖުމްހޫރިއްޔާ ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ކުވޭތުގެ ބޮޑުވަޒީރު ވަނީ ރާއްޖެއިން އ.ދ.ގެ ޢާންމު މަޖިލީހުގެ 76ވަނަ ސެޝަންގެ ރިޔާސަތު ކާމިޔާބު ކޮށްފައިވާތީ މަރުޙަބާ ވިދާޅުވެފައެވެ. މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ކުވޭތުގެ ބޮޑުވަޒީރު ވަނީ، ރާއްޖެއާއި ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ ދެމިއޮތުމަށްޓަކައިވެސް، މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތަކާ ދެކޮޅަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭކަން ފާހަގަކުރައްވާފައެވެ.
ރިޕަބްލިކް އޮފް ޕަލާއޫގެ ރައީސް ހިޒް އެކްސެލެންސީ ސުރަންގެލް އެސް. ވިޕްސް ޖޫނިއަރ އާ ބޭއްވި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ ކޮވިޑް-19 އާއި، ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާއި، ފަތުރުވެރިކަމާއި ގުޅޭގޮތުންނެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޕަލާއޫގެ ކޮވިޑް-19ގެ ޙާލަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވައި، ޕަލާއޫގެ ސަރުކާރުން އެޤައުމުގެ ކޮވިޑް-19 ޙާލަތު ކޮންޓްރޯލްކުރުމުގައި ގެންގުޅުއްވި ސިޔާސަތުތަކަށް ތަޢުރީފުކުރައްވާފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮވިޑްގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކުރަން ޖެހުމުން ކުރިމަތިވި ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވައި، ވީހާވެސް އަހަވަކަށް ރާއްޖޭގައި ދިރިއުޅޭ އެންމެނަށް ވެކްސިން ޖަހައި ނިންމުމަށް ބޭނުންފުޅުވާކަމުގައި ހާމަކުރައްވާފައެވެ.
ޕަލާއޫގެ ރައީސް ވަނީ ޕަލާއޫގެ ބޯޑަރުތައް ބަންދުކުރުމާއެކު އެޤައުމުން ކޮވިޑް-19 ކޮންޓްރޯލް ކުރެވިފައިވާކަމުގައި ވިދާޅުވެ، މިހާތަނަށް އެޤައުމުން ކޮވިޑްގެ ސަބަބުން މީހަކު މަރުވެފައި، ނުވަތަ ވައިރަސްގެ ސަބަބުން ހޮސްޕިޓަލްގައި އެނދުމަތިކޮށްފައި ނުވާކަމުގައި ވިދާޅުވެފައެވެ. އެހެންނަމަވެސް ރާއްޖެއިން އަލުން ބޯޑަރު ހުޅުވާލައި އަލުން ފަތުރުވެރިކަން ފަށައިގަތުމުން ޕަލާއޫ ފިލާވަޅު ލިބިގަންނަން ޖެހޭކަމުގައި އެ ޤައުމުގެ ރައީސް ވިދާޅުވިއެވެ.
ކޯޕަރޭޓިވް ރިޕަބްލިކް އޮފް ގަޔާނާގެ ރައީސް، ހިޒް އެކްސެލެންސީ ޑޮކްޓަރ މުޙައްމަދު އިރްފާން ޢަލީއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއާއި ގަޔާނާއާ ދެ ޤައުމަކީވެސް ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ދެ ޤައުމުކަމަށްވެފައި، ކޮމަންވެލްތާއި، އޯ.އައި.ސީ. އަދި އެއޯސިސްގެ މެންބަރު ދެ ޤައުމުކަމަށް ވުމުން، އެދާއިރާތަކުން ދެ ޤައުމަށް މުހިންމު އެކިއެކި ކަންކަމާ ގުޅޭގޮތުން ދެ ރައީސުން މަޝްވަރާކުރައްވާފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ގަޔާނާގެ ސަރުކާރުން ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއަށް ދެއްވާ އެއްބާރުލެއްވުމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. ޚާއްޞަކޮށް، އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގެ ރައީސްކަމަށް ދިވެހިރާއްޖެއަށް ވޯޓު ދެއްވީތީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށް، ފަތުރުވެރިކަން ހުއްޓުމަކަށް އައުމާ ގުޅިގެން ކުރިމަތިވި އިޤްތިޞާދީ އަދި އިޖްތިމާޢީ ގެއްލުންތަކަށް އަލިއަޅުއްވައިލެއްވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މިދިޔަ ޖުލައި މަހު އަލުން ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއެކު ފަތުރުވެރިކަން ރަނގަޅުވަމުން އަންނަކަން ފާހަގަކުރައްވާފައެވެ. އަދި، ރައީސުލްޖުމްހޫރިއްޔާއާއި ގަޔާނާގެ ރައީސް ވަނީ، ދެ ޤައުމުގެ ދެމެދުގައި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.
ދެ ރައީސުންވެސް އިތުރަށް ދެއްކެވި ވާހަކަފުޅުގައި، މޫސުމީ ބަދަލުތަކަކީ މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ކާރިސާކަމަށް އެއްބަސްވެވަޑައިގެންފައިވެއެވެ. އަދި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެހީތެރިވުމުގެ ގޮތުން ބައިނަލްއަޤްވާމީ މައިދާނުގައި ކުރަންޖެހޭ މަސައްކަތްތައް، އެއޯސިސް ޤައުމުތަކުގެ ދެ ލީޑަރުންގެ ހައިސިއްޔަތުން ގުޅިގެން ކުރުމަށް ދެބޭފުޅުންވެސް ވަނީ ނިންމަވާފައެވެ. މިގޮތުން، މިއަހަރު ފަހުކޮޅު ގްލަސްގޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް-26 ކޮންފަރެންސާ ގުޅޭގޮތުން ދެބޭފުޅުން ވާހަކަފުޅުދެއްކެވިއެވެ.
ކާބޯ ވަރޑޭގެ ރައީސް ހިޒް އެކްސެލެންސީ ޖޯޖް ކާރލޮސް ފޮންސެކާ އާ ބައްދަލުކުރެއްވުމުގައި ކާބޯ ވަރޑޭގެ ރައީސް ވަނީ ރާއްޖެއިން އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތު ކާމިޔާބު ކޮށްފައިވާތީ އެކަމަށް މަރުޙަބާ ވިދާޅުވެ، އެއީ ރާއްޖެއަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށާއި އަދި ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް)ގައި ހިމެނޭ، ރާއްޖެފަދަ ކުދި ޖަޒީރާ އެހެން ޤައުމުތަކަށްވެސް ލިބުނު ހިތްވަރެއްކަން ފާހަގަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާއާއި ކާބޯ ވަރޑޭގެ ރައީސްގެ މި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި، ދެ ޤައުމުގެ ކޯވިޑް-19ގެ ޙާލަތު ރަނގަޅުވަމުން އަންނަކަން ފާހަގަކުރައްވާފައިވެއެވެ. އަދި ދެ ޤައުމަކީވެސް ފަތުވެރިކަމަށް ބަރޯސާވެފައިވާ ދެ ޤައުމު ކަމުގައިވާތީ، ކޯވިޑް-19ގެ ސަބަބުން ސިނާއަތަށް ލިބުނު ގެއްލުންތަކާ ބޭހޭގޮތުންވެސް ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ. އެ ގޮތުން ދެ ބޭފުޅުންވެސް ވަނީ މި ދެ ޤައުމުގެވެސް ފަތުރުވެރިކަމުގެ ސިނާޢަތަށް ލިބުނު ގެއްލުންތައް ފޫބެދެމުންދާކަމަށާއި، އަދި ފަތުރުވެރިން ޒިޔާރަތްކުރާ ނިސްބަތްވެސް ފާއިތުވި މަސްތަކުގައި ވަރަށް ބޮޑަށް އިތުރުވާން ފަށާފައިވާކަން ފާހަގަކުރައްވާފައެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަށް އަލި އަޅުވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން ކުޑަކުރުމާއި މޫސުމަށް އަންނަ ބަދަލުތަކަށް ދުރާލާ ފިޔަވަޅު އެޅުމުގައި ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތްތައް ފާހަގަކުރައްވާފައިވެއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާގުޅޭ މަޝްވަރާތަކަށް ކާބޯ ވަރޑޭގެ ރައީސް ވަރަށްބޮޑު އަހަންމިއްޔަތެއް ދެއްވާކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ކޮޕް-26 ސަމިޓުގައި އެ ޤައުމުގެ ސަރުކާރާ ގުޅިގެން މަސައްކަތް ކުރެއްވުމުގެ ޝައުގުވެރިކަން ރައީސުލްޖުމްހޫރިއްޔާ ފާޅުކުރެއްވިއެވެ.

President @ibusolih meets the Kuwaiti Prime Minister on the sidelines of UNGA 76 https://t.co/AtnduZ0Dln
— The President's Office (@presidencymv) September 23, 2021
ކުވޭތުގެ ބޮޑުވަޒީރު ހިޒް ހައިނަސް ޝައިޚް ޞަބާޙް ޚާލިދު އަލް-ޙަމަދް އަލް-ޞަބާޙްއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކުވޭތަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވައި، ޚާއްޞަގޮތެއްގައި ކުވޭތު ފަންޑް ފޯރ ޢަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޭ.އެފް.އޭ.އީ.ޑީ) މެދުވެރިކޮށް ރާއްޖެއަށް ލިބޭ އެހީތެރިކަން ފާހަގަކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކާއި އިޖުތިމާޢީ ތަރައްޤީގެ ދާއިރާއިން ކުވޭތު ފަންޑުގެ އެހީތެރިކަމާއެކު ގިނަ މަޝްރޫޢުތަކެއް ހިންގާފައި ވާތީ އެކަން ރައީސުލްޖުމްހޫރިއްޔާ ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ކުވޭތުގެ ބޮޑުވަޒީރު ވަނީ ރާއްޖެއިން އ.ދ.ގެ ޢާންމު މަޖިލީހުގެ 76ވަނަ ސެޝަންގެ ރިޔާސަތު ކާމިޔާބު ކޮށްފައިވާތީ މަރުޙަބާ ވިދާޅުވެފައެވެ. މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ކުވޭތުގެ ބޮޑުވަޒީރު ވަނީ، ރާއްޖެއާއި ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ ދެމިއޮތުމަށްޓަކައިވެސް، މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތަކާ ދެކޮޅަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭކަން ފާހަގަކުރައްވާފައެވެ.
President @ibusolih meets with Palauan President on the sidelines of UNGA 76 https://t.co/h2QfZXF31s
— The President's Office (@presidencymv) September 23, 2021
ރިޕަބްލިކް އޮފް ޕަލާއޫގެ ރައީސް ހިޒް އެކްސެލެންސީ ސުރަންގެލް އެސް. ވިޕްސް ޖޫނިއަރ އާ ބޭއްވި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ ކޮވިޑް-19 އާއި، ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާއި، ފަތުރުވެރިކަމާއި ގުޅޭގޮތުންނެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޕަލާއޫގެ ކޮވިޑް-19ގެ ޙާލަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވައި، ޕަލާއޫގެ ސަރުކާރުން އެޤައުމުގެ ކޮވިޑް-19 ޙާލަތު ކޮންޓްރޯލްކުރުމުގައި ގެންގުޅުއްވި ސިޔާސަތުތަކަށް ތަޢުރީފުކުރައްވާފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮވިޑްގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކުރަން ޖެހުމުން ކުރިމަތިވި ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވައި، ވީހާވެސް އަހަވަކަށް ރާއްޖޭގައި ދިރިއުޅޭ އެންމެނަށް ވެކްސިން ޖަހައި ނިންމުމަށް ބޭނުންފުޅުވާކަމުގައި ހާމަކުރައްވާފައެވެ.
ޕަލާއޫގެ ރައީސް ވަނީ ޕަލާއޫގެ ބޯޑަރުތައް ބަންދުކުރުމާއެކު އެޤައުމުން ކޮވިޑް-19 ކޮންޓްރޯލް ކުރެވިފައިވާކަމުގައި ވިދާޅުވެ، މިހާތަނަށް އެޤައުމުން ކޮވިޑްގެ ސަބަބުން މީހަކު މަރުވެފައި، ނުވަތަ ވައިރަސްގެ ސަބަބުން ހޮސްޕިޓަލްގައި އެނދުމަތިކޮށްފައި ނުވާކަމުގައި ވިދާޅުވެފައެވެ. އެހެންނަމަވެސް ރާއްޖެއިން އަލުން ބޯޑަރު ހުޅުވާލައި އަލުން ފަތުރުވެރިކަން ފަށައިގަތުމުން ޕަލާއޫ ފިލާވަޅު ލިބިގަންނަން ޖެހޭކަމުގައި އެ ޤައުމުގެ ރައީސް ވިދާޅުވިއެވެ.
ކޯޕަރޭޓިވް ރިޕަބްލިކް އޮފް ގަޔާނާގެ ރައީސް، ހިޒް އެކްސެލެންސީ ޑޮކްޓަރ މުޙައްމަދު އިރްފާން ޢަލީއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއާއި ގަޔާނާއާ ދެ ޤައުމަކީވެސް ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ދެ ޤައުމުކަމަށްވެފައި، ކޮމަންވެލްތާއި، އޯ.އައި.ސީ. އަދި އެއޯސިސްގެ މެންބަރު ދެ ޤައުމުކަމަށް ވުމުން، އެދާއިރާތަކުން ދެ ޤައުމަށް މުހިންމު އެކިއެކި ކަންކަމާ ގުޅޭގޮތުން ދެ ރައީސުން މަޝްވަރާކުރައްވާފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ގަޔާނާގެ ސަރުކާރުން ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއަށް ދެއްވާ އެއްބާރުލެއްވުމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. ޚާއްޞަކޮށް، އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގެ ރައީސްކަމަށް ދިވެހިރާއްޖެއަށް ވޯޓު ދެއްވީތީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށް، ފަތުރުވެރިކަން ހުއްޓުމަކަށް އައުމާ ގުޅިގެން ކުރިމަތިވި އިޤްތިޞާދީ އަދި އިޖްތިމާޢީ ގެއްލުންތަކަށް އަލިއަޅުއްވައިލެއްވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މިދިޔަ ޖުލައި މަހު އަލުން ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއެކު ފަތުރުވެރިކަން ރަނގަޅުވަމުން އަންނަކަން ފާހަގަކުރައްވާފައެވެ. އަދި، ރައީސުލްޖުމްހޫރިއްޔާއާއި ގަޔާނާގެ ރައީސް ވަނީ، ދެ ޤައުމުގެ ދެމެދުގައި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.
ދެ ރައީސުންވެސް އިތުރަށް ދެއްކެވި ވާހަކަފުޅުގައި، މޫސުމީ ބަދަލުތަކަކީ މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ކާރިސާކަމަށް އެއްބަސްވެވަޑައިގެންފައިވެއެވެ. އަދި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެހީތެރިވުމުގެ ގޮތުން ބައިނަލްއަޤްވާމީ މައިދާނުގައި ކުރަންޖެހޭ މަސައްކަތްތައް، އެއޯސިސް ޤައުމުތަކުގެ ދެ ލީޑަރުންގެ ހައިސިއްޔަތުން ގުޅިގެން ކުރުމަށް ދެބޭފުޅުންވެސް ވަނީ ނިންމަވާފައެވެ. މިގޮތުން، މިއަހަރު ފަހުކޮޅު ގްލަސްގޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް-26 ކޮންފަރެންސާ ގުޅޭގޮތުން ދެބޭފުޅުން ވާހަކަފުޅުދެއްކެވިއެވެ.
President @ibusolih meets with Cabo Verdean President on the sidelines of UNGA 76 https://t.co/e8mdOamzkd
— The President's Office (@presidencymv) September 23, 2021
ކާބޯ ވަރޑޭގެ ރައީސް ހިޒް އެކްސެލެންސީ ޖޯޖް ކާރލޮސް ފޮންސެކާ އާ ބައްދަލުކުރެއްވުމުގައި ކާބޯ ވަރޑޭގެ ރައީސް ވަނީ ރާއްޖެއިން އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތު ކާމިޔާބު ކޮށްފައިވާތީ އެކަމަށް މަރުޙަބާ ވިދާޅުވެ، އެއީ ރާއްޖެއަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށާއި އަދި ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް)ގައި ހިމެނޭ، ރާއްޖެފަދަ ކުދި ޖަޒީރާ އެހެން ޤައުމުތަކަށްވެސް ލިބުނު ހިތްވަރެއްކަން ފާހަގަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާއާއި ކާބޯ ވަރޑޭގެ ރައީސްގެ މި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި، ދެ ޤައުމުގެ ކޯވިޑް-19ގެ ޙާލަތު ރަނގަޅުވަމުން އަންނަކަން ފާހަގަކުރައްވާފައިވެއެވެ. އަދި ދެ ޤައުމަކީވެސް ފަތުވެރިކަމަށް ބަރޯސާވެފައިވާ ދެ ޤައުމު ކަމުގައިވާތީ، ކޯވިޑް-19ގެ ސަބަބުން ސިނާއަތަށް ލިބުނު ގެއްލުންތަކާ ބޭހޭގޮތުންވެސް ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ. އެ ގޮތުން ދެ ބޭފުޅުންވެސް ވަނީ މި ދެ ޤައުމުގެވެސް ފަތުރުވެރިކަމުގެ ސިނާޢަތަށް ލިބުނު ގެއްލުންތައް ފޫބެދެމުންދާކަމަށާއި، އަދި ފަތުރުވެރިން ޒިޔާރަތްކުރާ ނިސްބަތްވެސް ފާއިތުވި މަސްތަކުގައި ވަރަށް ބޮޑަށް އިތުރުވާން ފަށާފައިވާކަން ފާހަގަކުރައްވާފައެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަށް އަލި އަޅުވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން ކުޑަކުރުމާއި މޫސުމަށް އަންނަ ބަދަލުތަކަށް ދުރާލާ ފިޔަވަޅު އެޅުމުގައި ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތްތައް ފާހަގަކުރައްވާފައިވެއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާގުޅޭ މަޝްވަރާތަކަށް ކާބޯ ވަރޑޭގެ ރައީސް ވަރަށްބޮޑު އަހަންމިއްޔަތެއް ދެއްވާކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ކޮޕް-26 ސަމިޓުގައި އެ ޤައުމުގެ ސަރުކާރާ ގުޅިގެން މަސައްކަތް ކުރެއްވުމުގެ ޝައުގުވެރިކަން ރައީސުލްޖުމްހޫރިއްޔާ ފާޅުކުރެއްވިއެވެ.
ކިޔުންތެރިންގެ ހިޔާލު