ރާއްޖެގެ ހާރިޖީ ވަޒީރު އަދި އދގެ އާއްމު މަޖިލީހުގެ ރައިސް އަބްދުﷲ ޝާހިދު، ފަލަސްތީނުގެ ހާރިޖީ ވަޒީރު ރިޔާދު އަލް މާލިކީއާ ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުން އޮތީ މިހާރު ކުރިއަށްދާ އދގެ 76ވަނަ އާއްމު މަޖިލީހުގެ ޖަލްސާތަކުގެ ހަވާސާގައެވެ.

ޝާހިދު ވިދާޅުވީ، ފަލަސްތީނުގެ ހާރިޖީ ވަ⁦ޒީރާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކުރައްވާނެ މަސައްކަތްޕުޅުތަކުގެ މައުލޫމާތު ފަލަަސްތީނުގެ ބޮޑު ވަޒީރާއި ހިއްސާކުރައްވާފައިވާކަމަށެވެ. އަދި ކޯވިޑުން އަރައިގަނެ، ގައުމުތައް އަލުން އާރާސްތުކުރުމާއި ގުޅޭގޮތުންވެސް މިބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވިއެވެ.



އދގެ 76ވަނަ ސެޝަންގެ ބައްދަލުވުންތައް ކުރިއަށްދާއިރު، ރައީސް ސާލިހުގެ ތަގުރީރުގައި ވަނީ ފަލަސްތީނުގެ މިނިވަން ދައުލަތް ބަލައިގަތުމަށް ބައިނަލްއަގްވާމީ މުޖްތަމައުއަށް ގޮވާލާފައެވެ. އަދި އެކަމުގައި ދިވެހި ދެމިތިބޭނޭކަމަށްވެސް ރައިސް ސާލިހު ވިދާޅުވިއެވެ. ރައީސްގެ ވާހަކަފުޅުތަކާއި ގުޅިގެން ފަލަސްތީނުން ވަނީ އެކަން ފާހަގަކޮށް، ޝުކުރު އަދާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން