ގާޒީ އަލީ ނަސީރު
ގާޒީ އަލީ ނަސީރު
ގާޒީ އަލީ ނަސީރުގެ ސުލޫކީ މައްސަލަ ސާބިތުވާ ކަމަށް ނިއްމައި އޭނާ މިހާރު ހުރި ގާޒީ ކަމުގެ މަގާމުގެ ދަރަޖަ ދަށްކޮށް މެޖިސްޓްރޭޓެއްގެ މަގާމަށް ބަދަލުކުރުމަށް ނިއްމައިފިއެވެ.

ޖޭއެސްސީން މިރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ ސިވިލް ކޯޓުގެ ދެ ޤަޒިއްޔާއެއްގައި ހިމެނޭ ޚަޞްމުން، އެ ދެ ޤަޒިއްޔާ އެއްކޮށް ނިންމުމަށް އެދެމުން ދަނިކޮށް، ނަޞީރު އެ ޤަޒިއްޔާގެ ދައުވާ ފޯމު ބާތިލްކޮށް ހުކުމްކޮށްފައި ވަނީ އެ ޤަޒިއްޔާގެ މައުލޫއަށް ހުކުމްކުރުމުގެ ބަދަލުގައި، އަހަރު ދުވަސްވެފައިވާ މައްސަލައެއް ޤާޒީގެ ސެކްޝަނުގައި ނުބޭއްވުމުގެ މަޤްސަދުގައިކަން ތަހްގީގަށް ސާބިތުވެފައިވާ ކަމަށެވެ.

އަދި ކޯޓަށް ހުށަހެޅިފައިވާ ކަންކަމާމެދު ފައިސަލާކޮށް ގޮތެއް ނިންމުމުގެ ބަދަލުގައި ވަކި މުއްދަތެއްވީ މައްސަލައެއް ފަނޑިޔާރުގެ އަތުގައި ނުބޭއްވުމުގެ މަޤުސަދުގައި މައްސަލައިގެ ޚަޞްމުން އެދިފައި ނުވާ ގޮތެއްގެ މައްޗަށް މައްސަލައިގައި ހުކުމްކޮށް މައްސަލަ ކޯޓުން ނުބަލައި ބޭރުކުރުމަކީ އަދުލުއިންސާފު ޤާއިމްކުރުމުގެ އަސާސީ އުސޫލުތަކާ ހިލާފު ކަމެއް ކަމަށް ޖޭއެސްސީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. އަދި ފަނޑިޔާރުގޭގެ މުޤައްދަސްކަމާއި އިތުބާރަށް އެކަމުގެ ސަބަބުން އަސަރުކޮށް ނާޖާއީޒުގޮތުގައި ކޯޓުގެ ނިންމުންތައް ބޭނުން ހިފުމުގެ ފުރުޞަތު މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ހުޅުވިގެންދާފަދަ ކަމެއްކަމުގައި ވާތީ، ޤާޒީ އަލީ ނަސީރުގެ މި އަމަލަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 3.1 ވަނަ ނަންބަރާއި ޚިލާފު އަމަލެއްކަމުގައި ތަޚްޤީޤުގައި ނިންމާފައިވާ ކަމަށް ޖޭއެސްސީން ނެރުނު ބަޔާނުގައިވެއެވެ.

އެހެންކަމުން ޖޭއެސްސީގެ ޤާނޫނުގެ 1-32 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން، ގާޒީ ކަމުގެ މަގާމުގައި މިހާރު ހުރި ނަސީރުގެ މަޤާމުގެ ދަރަޖަ ދަށްކުރުމުގެ ގޮތުން މެޖިސްޓްރޭޓް ކަމުގެ މަގާމަށް ބަދަލުކުރުމަށް މިއަދު ނިންމާފައިވާކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ.

ޖޭއެސްސީން ގާޒީ މައްޗަށް ފިޔަވަޅެއް އަޅާފައި މިވަނީ މަހާނައެޅި ހުރާގައި ރިހިވެލި ރިސޯޓު ހިންގަން ސޭވް ދަ ޑްރީމްއާއެކު މާހަލް ޓުއާސްއިން ހެދި ސަބްލީޒް އެއްބަސްވުން މާހަލް އިން ބާތިލް ކުރީ، ރަނގަޅަށް ކަމަށް ނަސީރު ހުކުމް ކޮށްފައިވާ މައްސަލައެއް ޖޭއެސްސީއަށް މިމަހުގެ ހަތަރުވަނަ ދުވަހު ހުށަހަޅާފައި އޮތް ދަނޑިވަޅެއްގައި ކަން ފާހަގަކޮށްލެވެއެވެ. މި މައްސަލަ ޖޭއެސްސީއަށް ހުށައެޅުއްވީ އެ މައްސަލައިގައި ސޭވް ދަ ޑްރީމްސްގެ ގާނޫނީ ވަކީލު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރެވެ. 


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން