އަހުމަދު ޝާހް   22 ސެޕްޓެމްބަރު 2021 - 23:33
އިންސާފު ހޯދުމުގެ ނަމުގައި އިދިކޮޅު ކޯލިޝަނުން މިރޭވެސް މުޒާހަރާ ކުރަމުން އެބަދެއެވެ.

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ކުރިއަށްގެންދާ މުޒާހަރާގެ ބައިވެރިން މިރޭ ބޮޑަށް ޙަރަކާތްތެރިވަމުން ގެންދަނީ މަޖީދީމަގާއި ޗާންދަނީ މަގު ގުޅޭ ޖަންކްޝަން ސަރަޙައްދުގައެވެ.

މިރޭގެ މުޒާހަރާގައި ގިނަ ޢަދަދެއްގެ މީހުން ބައިވެރިވަމުން ގެންދާއިރު އިދިކޮޅު ކޯލިޝަންގެ ލިޑަރޝިޕްގެ އިސް ފަރާތްތައްވެސް ދަނީ މުޒާހަރާގައި ޙަރަކާތްތެރިވަމުންނެވެ.

މި މުޒާހަރާ ކޮންޓްރޯލް ކުރުމަށް ގިނަ އަދަދެއްގެ އެސްއޯ ފުލުހުން ދަނީ ޝީލްޑާއިއެކު ޙަރަކާތްތެރިވަމުންނެވެ. އަދި ދޭތެރެ ދޭތެރެއިން މުޒާހަރާގެ ބައިވެރިންނާއި, ފުލުހުންނާއި ދެމެދު ހަމަނުޖެހުންތައްވެސް ދަނީ ހިނގަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު