މަގުމަތީގައި ޕާކްކޮށްފައި ހުންނަ ސައިކަލާއި ޕިކަޕް ވަގަށް ނެގުން އާންމު ކަމަކަށް ވެއްޖެ ކަމަށް ވިދާޅުވެ އެކަން ހުއްޓުވަން މަސައްކަތް ކުރުމަށް އަދާލާތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ނާއިބް ރައީސް ޑރ. މުހަންމަދު އިޔާޒް ގޮވާލައްވައިފިއެވެ.

މަޝްހޫރު ދީނީ އިލްމްވެރިޔާ ޑރ.މުހަންމަދު އިޔާޒް ވިދާޅުވީ، މަގުމަތީގައި ހުންނަ ސައިކަލާއި ޕިކަޕް ފަދަ ތަކެތި ވަގަށް ނެގުން އާންމު ކަމަކަށް ވެފައިވާ ކަމަށެވެ. އެކަން ހުއްޓުވުމަށް ފުލުހުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ.

"މިފަދަ ކަންތައްތަށް އާންމުވުމަކީ މުޖުތަމައުގެ ހަމަޖެހުން ގެއްލޭ ކަމެއް." ގައުމީ ޔުނިވަސިޓީގެ އެސިސްޓެންޓް ޕްރޮފެސަރު ކަން ކުރެއްވި ޑރ. އިޔާޒް ވިދާޅުވިއެވެ.



މަގުމަތީގައި ޕާކްކޮށްފައި ހުންނަ ސައިކަލާއި ޕިކަޕް ވަގަށް ނެގުން އާންމު ކަމަކަށް ވެފައިވާ ކަމަށް ޑރ. އިޔާޒް ވިދާޅުވި ނަމަވެސް މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެއެެވެ. އެހެން ނަމަވެސް މަގުމަތީގައި ޕާކްކޮށްފައި ހުންނަ ސައިކަލު ފަދަ ތަކެތި ވަގަށް ނަގައިގެން ފަހަކަށް އައިސް ގިނަ މައްސަލަތަކެއް އަންނަނީ ރިޕޯޓްކުރަމުންނެވެ. ނަމަވެސް ޕިކަޕް ވަގަށް ނެގުން އާންމު ކަމަކަށް ވެފައިވާ ކަމެއް ފުލުހުންގެ ރިޕޯޓްތަކަކުން ވެސް ހާމަވެފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން