އައްޑޫ ސިޓީގައި މިދިޔަ ހުކުރު ދުވަހު ހިންގި މާރާމާރީއާއި ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އައްޑޫ ސިޓީގައި ހުކުރުދުވަހު ހިނގި މާރާމާރީއާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. އަދި އެ މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ ދިވެހި ފިރިހެނެއްކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

އައްޑޫ ސިޓީ ފުލެޓް ސަރަހައްދުގައި ހުކުރުދުވަހު މެންދުރު 12:08 ހާއިރު، ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވަނީ 29 އަހަރުގެ ފިރިހެނެކެވެ. އަދި އެ ރޭ އުމުރުން 27 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ އަންހެނަކަށްވެސް އައްޑޫގައި ހަމަލާދީ ޒަހަމްކޮށްލާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން