އައްޑޫ ސިޓީގައިވެސް 25 ބުރިއަށް އިމާރާތްކުރެވެން ވާނެކަމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

މެމްބަރު ނިހާދު ވިދާޅުވީ ގެދޮރު ބިނާކުރުމާއި ގުޅޭ ގޮތުން ހަދާފައިވާ ގަވާއިދުތަކުގައި ހުރި ތަފާތުކުރުން ނައްތާލަންޖެހޭކަމަށެވެ. އަދި މާލޭގައި 25 ބުރިއަށް އިމާރާތްކުރެވޭނަމަ އައްޑޫ ސިޓީ އަދި އެހެން ރަށްރަށުގައިވެސް އެގޮތަށް އިމާރާތްކުރެވެން ވާނެކަމަށް ނިހާދު ވިދާޅުވިއެވެ.

ނިހާދު ވިދާޅުވީ އެކަން ހައްލުކުރުމަށް ގަވާއިދު ކޮމިޓީއަށް މައްސަލަ މިހާރު ހުށަހަޅާފައިވާކަމަށެވެ.



މާލެ އަދި ހުޅުމާލޭގައި ހަދާ އިމާރާތްތައް 20 ބުރި އާއި 25 ބުރިއަށް އިމާރާތްކުރުމުގެ ހުއްދަ ދިނުމަށް ސަރުކާރުން ނިންމީ 2015 ވަނަ އަހަރުއެވެ. ނަމަވެސް މާލޭގައި 25 ބުރިއަށް އިމާރާތް ކުރުމުގެ ހުއްދަ ދެނީ ވަކި ކަންތައްތަކަކަށް ބެލުމަށް ފަހުއެވެ. އަދި ރާއްޖޭގެ ރަށްތައް ގުދުރަތީ ގޮތުން އުފެދިފައި ހުންނަގޮތުން މާއުސްކޮށް އިމާރާތްތައް އެޅުމުގެ ހުއްދައެއް ނުދެއެވެ.

އައްޑޫ ސިޓީއަކީ ގުދުރަތީ ގޮތުން މުއްސަނދިކަމެއް ލިބިފައިވާ ޖަޒީރާ އަތޮޅަކަށްވާއިރު، 25 ބުރީގެ އުސް އިމާރާތްތަކަކީ، އެމްޑީޕީގެ ޖަޒީރާ މެނިފެސްޓޯއާ ބީރަށްޓެހި ހިޔާލެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން