ސްކޫލް ކުދިންނަށް ވެކްސިން ދިނުމަށް ފެށި ވެކްސިން ކެމްޕެއިންގެ ތެރެއިން މިހާތަނަށް 22 ހާހަށްވުރެ ގިނަ ދަރިވަރުން ވެކްސިން ފުރިހަމަކޮށްފިއެވެ.
މިދިޔަ އޯގަސްޓް މަހުގެ 15 ވަނަ ދުވަހު ފެށި ދަރިވަރުންނަށް ވެކްސިން ދިނުމުގެ ކެމްޕެއިންގައި ވެކްސިން ދެނީ ސްކޫލް ކުދިންގެ ތެރެއިން ޢުމުރުން 12 އަހަރާއި 17 އަހަރާއި ދެމެދުގެ ކުދިންނަށެެވެ. މިކެންޕެއިންގެ ދަށުން މިހާތަނަށް 22093 ކުދިން ވެކްސިންގެ ދެޑޯޒް ފުރިހަމަކޮށްފައިވާ ކަމަށް އެޑިއުކޭޝަނުން ބުނެފައި ވެއެވެ. މީގެތެރޭގައި ހިމެނެނީ ރާއްޖޭގައި ހިންގަމުން އަންނަ ސަރުކާރު ސްކޫލްތަކާއި އަމިއްލަ ސްކޫލްތަކުގެ ތެރެއިން 141 ސްކޫލްގެ ދަރިވަރުންނެވެ.
މިނިސްޓްރީން ހާމަކޮށްފައިވާ ތަފާސް ހިސާބަށްބަލާއިރު ވެކްސިންގެ ފުރަތަމަ ޑޯޒް 35989 ދަރިވަރުން ވަނީ ފުރިހަމަކޮށްފައެވެ. މިއީ 218 ސްކޫލަކަށް ނިސްބަތްވާ ކުދިންކަމަށް އެޑިއުކޭޝަނުން ބުނެއެވެ. ރާއްޖޭގެ ސްކޫލްތަކުގައި ވެކްސިން ޖަހަން ޝަރުތު ހަމަވާ އުމުރުގެ 36000 އަށްވުރެ ގިނަ ކުދިން ތިބިކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
ސްކޫލް ކުދިންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމްގައި ކުދިންނަށް ދެމުން އަންނަނީ ޢުމުރުން 12 އަހަރުން މަތީގެ ކުދިންނަށް ދިނުމަށް ޑަބްލިއުއެޗްއޯއިން ހުއްދަދީފައިވާ ފައިޒާ ވެކްސިނެވެ. ސްކޫލް ދަރިވަރުންނަށް ވެކްސިން ދިނުމަށްޓަކާ ރާއްޖެއަށް ވަނީ ކޯވެކްސް ފެސިލިޓީގެ ދަށުން އެމެރިކާގެ އެހީތެރިކަމާއެކު 128600 ޑޯޒްގެ ފައިޒާ ވެކްސިން ލިބިފައެވެ.
ވެކްސިން ދިނުމަށްޓަކާ ބެލެނިވެރިންގެ އިއުތިރާޒެއް ނެތްކަމަށާއި ކުދިންގެ ސިއްޙީ އެއްވެސް މައްސަލައެއް ހުރިތޯ ދެނެގަތުމަށް ޚާއްސަ ފޯމެއް ފުރައެވެ. އެގޮތުން ބަލީގެ އެއްވެސް ޢަލާމާތެއް ހުރި ކުއްޖެއްނަމަ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ވަކި މުއްދަތަކަށްފަހުގައެވެ.
ސްކޫލް މާޙައުލުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ސްކޫލަށް ވަދެނިކުމެ އުޅޭ އެންމެންނަކީ ވެކްސިން ފުރިހަމަކޮށްފައިވާ މީހުންކަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކަށަވަރުކޮށްފައެވެ. އެގޮތުން ސްކޫލް މުވައްޒަފުން ވެކްސިން ފުރިހަމަކުރުމަށް އަންގާފައިވާއިރު ބެލެނިވެރިންގެ ތެރެއިން ވެކްސިން ފުރިހަމަނުކުރާ ފަރާތްތަކަށް ސްކޫލަށް ނުވަދެވޭ ގޮތްވަނީ ހަދާފައެވެ.

Pfizer Vaccination Update
— Ministry of Education (@MoEdumv) September 20, 2021
17/09/2021#ދަރިވަރުންނަށްރައްކާތެރިކަން#އުފަލުގައިކިޔަވަމާ#އެކުގައިއެންމެން pic.twitter.com/QURbdzcbND
ސްކޫލް ކުދިންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމްގައި ކުދިންނަށް ދެމުން އަންނަނީ ޢުމުރުން 12 އަހަރުން މަތީގެ ކުދިންނަށް ދިނުމަށް ޑަބްލިއުއެޗްއޯއިން ހުއްދަދީފައިވާ ފައިޒާ ވެކްސިނެވެ. ސްކޫލް ދަރިވަރުންނަށް ވެކްސިން ދިނުމަށްޓަކާ ރާއްޖެއަށް ވަނީ ކޯވެކްސް ފެސިލިޓީގެ ދަށުން އެމެރިކާގެ އެހީތެރިކަމާއެކު 128600 ޑޯޒްގެ ފައިޒާ ވެކްސިން ލިބިފައެވެ.
ވެކްސިން ދިނުމަށްޓަކާ ބެލެނިވެރިންގެ އިއުތިރާޒެއް ނެތްކަމަށާއި ކުދިންގެ ސިއްޙީ އެއްވެސް މައްސަލައެއް ހުރިތޯ ދެނެގަތުމަށް ޚާއްސަ ފޯމެއް ފުރައެވެ. އެގޮތުން ބަލީގެ އެއްވެސް ޢަލާމާތެއް ހުރި ކުއްޖެއްނަމަ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ވަކި މުއްދަތަކަށްފަހުގައެވެ.
ސްކޫލް މާޙައުލުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ސްކޫލަށް ވަދެނިކުމެ އުޅޭ އެންމެންނަކީ ވެކްސިން ފުރިހަމަކޮށްފައިވާ މީހުންކަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކަށަވަރުކޮށްފައެވެ. އެގޮތުން ސްކޫލް މުވައްޒަފުން ވެކްސިން ފުރިހަމަކުރުމަށް އަންގާފައިވާއިރު ބެލެނިވެރިންގެ ތެރެއިން ވެކްސިން ފުރިހަމަނުކުރާ ފަރާތްތަކަށް ސްކޫލަށް ނުވަދެވޭ ގޮތްވަނީ ހަދާފައެވެ.
ކިޔުންތެރިންގެ ހިޔާލު