ބިގްބޮސް އޯޓީޓީ ނުވަތަ ބިގްބޮސް އޯވަރ ދަ ޓޮޕްގެ ފުރަތަމަ ސީޒަން ދިވްޔާ އަގަރްވާލް ކާމިޔާބުކޮށްފިއެވެ.

ޓީވީ ރިއަލިޓީ ޝޯވް ބިގްބޮސް އަސްލަކަށް ބަލައިގެން، ތައްޔާރުކޮށް އޮންލައިން ޕްލެޓްފޯމް ވޫޓުން އަލަށް ފެށި ބިގްބޮސް އޯޓީޓީގެ ފުރަތަމަ ސީޒަން ނިންމާލައިފައިވަނީ މިދިޔަ ހޮނިހިނު ދުވަހުއެވެ. ފިލްމު އުފެއްދުންތެރިޔާ ކަރަން ޖޯހަރު ހުށައަޅައިދިން ބިގްބޮސް އޯޓީޓީގައި އިންޑިއާގެ މުނިފޫހިފިލުވުމުގެ ދާއިރާގެ 13 ތަރިއަކު ބައިވެރިވެފައިވެއެވެ.

42 އެޕިސޯޑްގެ މައްޗަށް ބިނާކޮށް ކުރިއަށްގެންދިޔަ ބިގްބޮސް އޯޓީޓީ ކުރިއަށްގެންގޮސްފައިވަނީ ޓީވީ ރިއަލިޓީ ޝޯވް ބިގްބޮހުން ފެނިގެންދާ ހަރަކާތްތަކާ އެއްގޮތަކަށެވެ. އަދި ބިގްބޮސް އޯޓީޓީގެ ފުރަތަމަ ސީޒަނުގެ މަގްސަދަކަށް ވެގެން ދިޔައީ އެއްގެއެއްގައި ދިރިއުޅުމުގެ އިތުރުން، އެކަކު އަނެކަކާ އިތުރަށް ގުޅުން ބަދަހި ކުރުމެވެ.

ބިގްބޮސް އޯޓީޓީގެ ފުރަތަމަ ސީޒަނުގެ ކާމިޔާބީ ދިވްޔާ އަގަރްވާލް ހޯދާފައިވާއިރު، މި ސީޒަނުގެ ރަނަރަޕުންގެ ގޮތުގައި، ހޮވިފައިވަނީ ނިޝާންތު ބަޓް، ޝަމީތާ ޝެއްޓީ، އަދި ރާގޭޝް ބާޕަޓް އެވެ.

ބިގްބޮސް އޯޓީޓީގެ ކާމިޔާބީގެ އިތުރުން، 2017 ވަނަ އަހަރު އެމްޓީވީ އިން ގެނެސްދިން ސްޕިޓްސްވިލާ ޝޯވްގެ 10 ވަނަ ސީޒަނުން މަޝްހޫރުކަން ލިބިގެންދިޔަ ދިވްޔާ އަގަރްވާލް ވަނީ ހިންދީ ފިލްމު ރާގިނީ އެމްއެމްއެސް ރިޓާންސް އިންވެސް ފެނިގެން ގޮސްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން