ޓެރަރިޒަމްގެ ޢަމަލެއް ހިންގަން ރޭވުމުގެ ތުހުމަތުކުރެވިގެން ހައްޔަރުކޮށްފައި ހުއްޓާ، ބަންދުން ދޫވި މުހައްމަދު އަމީންގެ މައްޗަށް މޮނިކޮން އަމުރެއް ހައިކޯޓުން ނެރެފިއެވެ.
ހައިކޯޓުގެ މޮނިކޮން އަމުރުގައިވާ ގޮތުން އިރުއޮއްސި 6:00 އިން ހެނދުނު 6:00އާ ދެމެދު އޭނާ ގެއިން ބޭރަށް ނުކުތުންވެސް ވަނީ މަނާކޮށްފައެވެ. އަދި މާލެއިން ބޭރަށް އެއްވެސް ތަނަކަށް އޭނާއަށް ފުރައިގެން ދެވޭނީ ފުލުހުންގެ ހުއްދައަކާ އެކުކަމަށްވެސް އަމުރުގައިވެއެވެ.
މޮނިކޮން އަމުރަކީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ކަނޑައަޅާފައިވާ ކުށް ކުރާކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން، އެކަށީގެންވާ ތުހުމަތެއްގެ މައްޗަށް ބިނާކޮށް، މުޖުތަމައަށް ނުރައްކަލެއް ކުރިމަތިކޮށްފާނެ ކަމަށް ހޯމް މިނިސްޓަރަށް ފެންނަ މީހުން މޮނިޓަރކޮށް ކޮންޓްރޯލްކުރުމަށް ކޯޓުން ނެރޭ އަމުރެކެވެ.
މުޙައްމަދު އަމީންގެ މައްޗަށް ދަޢުވާކޮށްފައިވަނީ މުއްދަތު ހަމަވި ފަހުންކަމަށް ކަނޑައަޅައި, އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ހައިކޯޓުން ބާޠިލްކުރި މައްސަލަ ސުޕްރީމް ކޯޓްގައި އިސްތިއުނާފްކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް ވަނީ ނިންމަވާފައެވެ.
ޕީޖީ ޝަމީމް ވިދާޅުވީ، މިމައްސަލާގައި ޕީޖީ އޮފީހުން ދައުވާ ކޮށްފައިވަނީ މުއްދަތު ހަމަވިފަހުންކަމަށް ހައިކޯޓުން ބުނުމަކީ ރަނގަޅު ގޮތެއް ނޫންކަމަށެވެ. ޕީޖީ ވިދާޅުވީ ޖިނާއި އިޖުރާތުގެ ޤާނޫނުން ދައުލަތުގެ އިދާރާތަކަށް ނުލިބޭ އެތައް ބާރުތަކެއް ލިބޭގޮތަށް ޓެރަރިޒަމް މަނާކުރާ ޤާނޫނެއް މަޖިލީހުން ފާސްކޮށް ބާރުތަކެއް ދީފައިވާކަމަށެވެ.
އަމީނަކީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ޓެރަރިސްޓުންގެ ލިސްޓުގައިވެސް ހިމަނާފައިވާ މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު