ސިމެންތި ބަރުކޮށްގެން މާލެ އިން ފުރައިގެން ޅ. މާބިންހުރައަށް ދަތުރު ކުރި ޗަމްޕާ ހޯލްޑިންގްސްގެ ކޮޅުވެެއްޓިއެއް ބަންޑުން ޖަހާލައިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑުން ހަރަކާތްތެރިވެއްޖެއެވެ.
35 ފޫޓުގެ މި ކޮޅުވެއްޓި ބަންޑުން ޖަހާލި ކަމުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ)އަށް ލިބިފައިވަނީ ރޭ މެންދަމުން އަލިވެ 2:45 ހާއިރުއެވެ.
ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑުން ވަނީ އެ ސަަރަހައްދަށް ގޮސް ހަރަކާތްތެރި ވެފައެވެ. ކޮޅުވެއްޓި ބަންޑުން ޖަހާލައިފައިވަނީ ޅ.މާފިލާފުށި ކައިރިންނެވެ. އަދި މިއަދު ހެނދުނު 06:51 ހާއިރު މި ކޮޅުވެއްޓި ވަނީ އެއްކޮށް އަޑިއަށް ގޮސްފައެވެ.
މާލެއިން ޅ. މާބިންހުރާއަށް 2 ކޮންޓެއިނާ ސިމެންތި ބަރުކޮށްގެން ދަތުރުކުރަމުން ދިޔަ މި ކޮޅުވެއްޓީގައި ތިބީ ބަންގްލަދޭޝްގެ 3 ފަޅުވެރިންނާ ދިވެއްސެކެވެ.
މި ހާދިސާގައި ކޮޅުވެއްޓީގައި ދަތުރު ކުރި އެއްވެސް ފަޅުވެރިއަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު