އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި އެހެން ޕާޓީތަކުގެ މީހުންނަށް ވޯޓް ލެވޭތީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ސުވާލު އުފައްދަވައިފިއެވެ.

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ވޯޓްލެވޭ މީހުންގެ ދާއިމީ ލިސްޓު ރޭ ވަނީ އާންމުކޮށްފައެވެ. އެމްޑީޕީން ރޭ އާންމު ކުރި ލިސްޓްގައި 92،743 މީހެއްގެ ނަން ވޯޓް ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ގޮތުގައި ވަނީ ހިމަނާފާއެވެ.

ވޯޓާސް ލިސްޓް އާންމުކޮށްފައިވަނިކޮށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ޗީފް ވިޕް އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވަނީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި އެހެން ޕާޓީތަކުގެ ރަޖިސްޓްރީގައި ތިބޭ މީހުންނަށް ވޯޓް ލެވެނީ ކީއްވެތޯއޭ ވިދާޅުވެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފާއި ސުވާލު ކުރައްވާފައެވެ.



"އައްޑޫ މީދޫ ޕީޕިއެމް ކައުންސިލަރެއްވެސް އެބައޮތް އެމްޑީޕީގެ ވޯޓާސް ލިސްޓްގައި، މިއީ ބޮޑު ޖޯކެއްނު، މިކަން ބަލައެއްް ނުގަނެވޭނެ." ރޮޒައިނާ ވިދާޅުވިއެެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބު ބޭއްވުމަށް ނިންމާފައި ވަނީ މި މަހުގެ 25 ވަނަ ދުވަހު އެވެ. އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޕްރޮވިންސްތަކާއި ސިޓީތަކާއި ދާއިރާތަކަށް 455 ބޭފުޅުން އިންތިހާބު ކުރުމަށް ވަނީ ނިއްމާފައެވެ.

އިންތިހާބުގެ ވޯޓް ނެގުުމުގެ ކުރީން 165 ކެންޑިޑޭޓަކު ހޮވިފައިވާ ކަން އެމްޑީޕީން ވަނީ އިއުލާންކޮށްފައެވެ. އެއީ އެދާއިރާތަކަށް އެންމެ ކެންޑިޑޭޓަކު ކުރިމަތިލާފައިވާތީ ކަމަށް އެމްޑީޕީން ބުނެ އެވެ.

އެމްޑީޕީން ބުނީ ޕާޓީގެ މެންބަރުންގެ ގޮތުގައި ތިބި ބައެއް މީހުންގެ ނަން އުނިވެފައިވާ ކެޓެގެރީއާއި ޕާޓީގެ މެންބަރުން ނޫން އެހެން މީހުން މެންބަރުންގެ ގޮތުގައި ތިބި ކަމަށް ބުނާ ކެޓެގެރީގައި ހިމެނޭ މީހުންނާއި ގުޅޭ ގޮތުން ހުށަހަޅާފައިވާ ޝަކުވާތަކުގައި އިންތިހާބާބެހޭ ކޮމިޓީން ބަލާފައިވަނީ އެ މީހުން ޕާޓީއަށް ފޯމު ހުށަހެޅުމުން ޕާޓީއަށް ފޯމު ބަލައިގަތުމަށްފަހު އެ މީހަކަށް ދޫކުރާ ރަސީދު ޝަކުވާ ހުށަހެޅުމުގެ މުއްދަތުގައި ޕާޓީއަށް ހުށަހެޅުމުން އެ މީހެއްގެ ޝަކުވާއަކީ ސައްހަ ޝަކުވާ އެއްކަމުގައި ބަލާ އުސޫލުން ކަމަށެވެ. އެހެންކަމުން ވޯޓުލާ މީހުންގެ ލިސްޓުގައި މިހާރު ވަނީ އެގޮތަށް އަމަލުކޮށްފައިވާ މީހުންގެ ނަންތައް ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

ލިސްޓް ފައިނަލްކުރުމުގައި މައިގަނޑު ތިން ކެޓެގެރީއެއްގެ މީހުންގެ ޝަކުވާއަށް ރިއާޔަތް ކޮށްފައިވާ ކަމަށް އެމްޑީޕީން ބުނެ އެވެ. އެގޮތުން ޕާޓީގެ މެންބަރުންގެ ގޮތުގައި ތިބި ބައެއް މީހުންގެ ނަން އުނިވެފައިވާ ކެޓެގެރީ އާއި ޕާޓީގެ މެންބަރުން ނޫން އެހެން މީހުންގެ މެންބަރުންގެ ގޮތުގައި ތިބި ކަމަށް ބުނާ ކެޓެގެރީ އާއި އެހެން ސިޔާސީ ޕާޓީއެއްގައި ނަން އޮވެގެން ނަން އުނިކުރެވިފައިވާ މީހުންގެ ކެޓެގެރީ މީގެތެރޭގައި ހިމެނޭ ކަމަށް އެމްޑީޕީން މައުލޫމާތުދެ އެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން