ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައިގެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ކުރިއަށްގެންދާ ހިމޭން އިހުތިޖާޖު ފަށައިފިއެވެ.

މުސާރައިގެ މައްސަލައިގައި އިހުތިޖާޖު ކުރުމުގެ ގޮތުން ސިވިލް ސަރވިސް މުވައްޒަފުން މިއަދު އޮފީހަށް ނުކުތީ ކަޅު ހެދުމުގައެވެ.

ސިވިލް ސަރވިސް އެސޯސިއޭޝަނުން ބުނީ މިއަދު ކުރިއަށްގެންދާ އިހުތިޖާޖުގެ ތެރެއިން ސަރުކާރުގެ ސަމާލުކަމަށް މުސާރައިގެ މައްސަލަ ނައިސްފިނަމަ މާދަމާ މަސައްކަތް ހުއްޓާލުމަށް ނިންމާފައިވާކަމަށެވެ.

ސިވިލް ސަރވިސް މުވައްޒަފުން ސަރުކާރަށް ހުށަހަޅާ ކަންކަމުގެ ތެރޭގައި ހިމެނެނީ ސެޓްފިކެޓް ހުށަހެޅުމުން ވަޒީފާގެ ކުރިއެރުން ލިބޭގޮތް ހެދުމާއި ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ލިބޭ ގޮތަށް ސިވިލް ސާވެންޓުންނަށް ވެސް ލިވިން އެލަވަންސް ލިބުމާއި ދަށް ފަންތީގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާއި މިނިމަމް ވޭޖު އަވަސްކޮށްދިނުމާއި ސްކޫލުތަކުގެ އިދާރީ މުވައްޒަފުންނަށް އިތުރު އެލަވަންސެއް ހަމަޖައްސައިދިނުމެވެ.

މުސާރައިގެ މައްސަލައިގައި ސިވިލް ސަރވިސް މުވައްޒަފުން އިހުތިޖާޖުކުރަމުންދާއިރު، މީގެ ދުވަސްކޮޅެއް ކުރިން ގައުމީ އެއަރލައިންގެ ޕައިލެޓުން ވެސް ވަނީ މުސާރައިގެ މައްސަލައިގައި އިހުތިޖާޖުކޮށްފައެވެ. އެމައްސަލަ ހައްލުވީ ރައީސް ސާލިހު ޕައިލެޓުންނާއި ވާހަކަދައްކަވައިގެނެވެ. އެންމެ ފަހުން ރައީސަށް މުސާރައިގެ މައްސަލައިގައި ޕެޓިޝަނެއް ހުށައެޅީ ސިއްހީ ދާއިރާގެ މުވައްޒަފުންނެވެ. އެކަމަށްވެސް ރައީސް ވަނީ ޖަވާބު ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން