އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ އިންތިޚާބު ނުކުރާތީ އެޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
އެމްޑީޕީ އުފެއްދުމުގައިވެސް އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި މޫސާ މަނިކު މިއަދު ވަނީ އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސްކަން އެއީ ދައުރު ހަމަނުވާ ގޮތަށް އޮތް ޑިމޮކްރަޓިކް ހަރަކާތެެއްތޯ ވިދާޅުވެ ސުވާލު ކުރައްވާފައެވެ.
"މިހާރު ފަނަރަ ވަރަކަށް އަހަރު މިވަނީ މި މަގާމުގެ ވެސް އިންތިޚާބު ވެސް ނުބާއްވާތާ." އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕް ލީޑަރު ކަމާއި މަޖިލީހުގެ ނާއިބް ރައީސްކަން ކުރެއްވި މޫސަ ވިދާޅުވިއެވެ.
އެމްޑީޕީގެ އަންހެނުންގެ ރޫހަކީ އެމްޑީޕީގެ ސިޔާސީ ހުރިހާ ހަރަކާތެއްގައި އަދި ކަންކަން ނިންމާ ފެންވަރުގައި އެޕާޓީގެ އަންހެން މެމްބަރުންގެ ބައިވެރިވުމާ ހިއްސާ އިތުރުކޮށް، އަންހެން މެމްބަރުންގެ އަޑު އުފުލުމަށް ހެދިފައިވާ ޕާޓީގެ އެންމެ ވަރުގަދަ އެއް ގުނަވަނެވެ.
އަންހެނުންގެ ރޫހުގެ މައިގަނޑު މަސައްކަތްތަކަކީ އަންހެނުންގެ ރޫހުގެ ތަސައްވަރަށް ވާސިލުވުމުގައި ޕާޓީއަށް އަންހެން މެމްބަރުން އިތުރުކޮށް ޕާޓީގެ ހަރަކާތްތަކުގައި އަންހެނުންގެ ދައުރު ފުޅާކޮށް ސިޔާސީ، އިޖްތިމާއީ އަދި އިގްތިސާދީ ކަންކަމާމެދު ހޭލުންތެރިކޮށް، ޕާޓީގެ ނިންމުންތައް ނިންމުމުގައި ބައިވެރިވެ، އިންތިޚާބީ މަގާމުތަކަށާއި ގައުމީ އިންތިޚާބީ މަގާމުތަކަށް ޕާޓީގެ ފަރާތުން އަންހެނުން އިންތިޚާބުކުރުމަށް މަސައްކަތްކުރުން ކަމަށް އެމްޑީޕީން ބުނެ އެވެ.
އެމްޑީޕީގެ އަންހެނުންގެ ރޫހުގެ އެންމެ އިސް ފަރާތްތަކަކީ އަންހެނުންގެ ރޫހުގެ މެމްބަރުންގެ ވޯޓަކުން އިންތިހާބުކުރެވޭ ރައީސާއާ ނައިބު ރައީސާއެވެ.

MDP Anhenun Roohug ge raess kan eii dhauru hamanuvaa gothah onnan Democratic harakaathehto? Mihaaru 15 varavarakah aharu mivanee mi maqaamuge inthikhaabuves nubaah vaathaa?
— Moosa Maniku (Reeko) (@ReekoMoosa) September 18, 2021
އެމްޑީޕީގެ އަންހެނުންގެ ރޫހަކީ އެމްޑީޕީގެ ސިޔާސީ ހުރިހާ ހަރަކާތެއްގައި އަދި ކަންކަން ނިންމާ ފެންވަރުގައި އެޕާޓީގެ އަންހެން މެމްބަރުންގެ ބައިވެރިވުމާ ހިއްސާ އިތުރުކޮށް، އަންހެން މެމްބަރުންގެ އަޑު އުފުލުމަށް ހެދިފައިވާ ޕާޓީގެ އެންމެ ވަރުގަދަ އެއް ގުނަވަނެވެ.
އަންހެނުންގެ ރޫހުގެ މައިގަނޑު މަސައްކަތްތަކަކީ އަންހެނުންގެ ރޫހުގެ ތަސައްވަރަށް ވާސިލުވުމުގައި ޕާޓީއަށް އަންހެން މެމްބަރުން އިތުރުކޮށް ޕާޓީގެ ހަރަކާތްތަކުގައި އަންހެނުންގެ ދައުރު ފުޅާކޮށް ސިޔާސީ، އިޖްތިމާއީ އަދި އިގްތިސާދީ ކަންކަމާމެދު ހޭލުންތެރިކޮށް، ޕާޓީގެ ނިންމުންތައް ނިންމުމުގައި ބައިވެރިވެ، އިންތިޚާބީ މަގާމުތަކަށާއި ގައުމީ އިންތިޚާބީ މަގާމުތަކަށް ޕާޓީގެ ފަރާތުން އަންހެނުން އިންތިޚާބުކުރުމަށް މަސައްކަތްކުރުން ކަމަށް އެމްޑީޕީން ބުނެ އެވެ.
އެމްޑީޕީގެ އަންހެނުންގެ ރޫހުގެ އެންމެ އިސް ފަރާތްތަކަކީ އަންހެނުންގެ ރޫހުގެ މެމްބަރުންގެ ވޯޓަކުން އިންތިހާބުކުރެވޭ ރައީސާއާ ނައިބު ރައީސާއެވެ.
ކިޔުންތެރިންގެ ހިޔާލު