އެމްޓީސީސީގެ އިޖްތިމާއީ ޒިންމާގެ ދަށުން ހދ. ނެއްލައިދޫގައި މަސައްކަތްތަކެއް ފަށައިފިއެވެ.

އެމްޓީސީސީން ބުނީ އެކުންފުނީގެ އިޖްތިމާޢީ ޒިންމާގެ ދަށުން، ހދ. ނެއްލައިދޫ ރަސްމީ ފުޓްބޯޅަ ދަނޑުގެ ވަށާފާރު ރޭނުމަށްޓަކައި މިހާރު ބައުވެ ހަލާކުވެފައިވާ ވަށާފާރު ނެގުމުގެ މަސައްކަތް ކުރިއަށް އެބަދާކަމަށެވެ.



ނެއްލައިދޫ ގައި އެމްޓީސީސީން ދަނީ ސަރުކާރުން ހަވާލުކޮށްފައިވާ މަޝްރޫއުތަކެއްވެސް ކުރިއަށްގެންދަމުންނެވެ. އެގޮތުން ހދ ނެއްލައިދޫ ބަނދަރުގެ އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރިއަަށްދާއިރު، އެ މަޝްރޫއުގެ 83 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާކަމަށް އެމްޓީސީސީން ބުނެއެވެ.

މަޝްރޫއުގެ ދަށުން 62,863 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، ބިން ހިއްކުމާއި، 331 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުން ހިމެނެ އެވެ. އަދި 204 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 50 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 2،102 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމުގެ އިތުރުން ނެރު ބައްތިއާއި މަގުމަތީ ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް ވެސް އެމްޓީސީސީ އިން ބުނެ އެވެ.

މިހާތަނަށް އެއްގަމު ތޮށި ލުމުގެ މަސައްކަތުގެ 97 ޕަސެންޓާއި، ޕޭވްމަންޓް ހެދުމުގެ މަސައްކަތުގެ 96 ޕަސެންޓް ވަނީ ނިމިފަ އެވެ. މިއީ 50.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން