ފ. ނިލަންދޫ ކައުންސިލް މެމްބަރު އަހުމަދު ޝިޔާމް ޖުމުހޫރީ ޕާޓީއަށް ސޮއިކުރައްވައިފިއެވެ.

ނިލަންދޫ ކައުންސިލަށް އަހުމަދު ޝިޔާމް އިންތިޚާބުވީ މިނިވަން މެމްބަރެއްގެ ގޮތުގައެެވެ. އެމްޑީޕީގެ އިސް އެކްޓިވިސްޓެެއްގެ ގޮތުގައި މީގެ ކުރިން ހުންނެވި އަހުމަދު ޝިޔާމް (ޝިޔަންޓޭ) ޖުމުހޫރީ ޕާޓީއަށް ސޮއިކުރެއްވުމަށްފަހު އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި މެމްބަރޝިޕް ފޯމް ވަނީ ހަވާލުކުރައްވާފައެވެެ.

ނިލަންދޫ ކައުންސިލްގެ މެޖޯރިޓީ އޮންނަނީ އިދިކޮޅު ޕީޕިއެމަށެވެ. ޝިޔަންޓޭގެ އިތުރުން ވެސް ނިލަންދޫގެ ގިނަ ފަރާތްތަކަކުން މިއަދު ވަނީ ޖުމުހޫރީ ޕާޓީއަށް ސޮއިކޮށްފައެެވެ. އެފޯމް ތަކާއި ހަވާލުވެވަޑައިގެންނެވީ ލީޑަރު ގާސިމް އިބްރާހިމެވެ.





ފަހަކަށް އައިސް ރާއްޖޭގެ ބައެއް މަޝްހޫރު ފަރާތްތަކާއި، އަލަށް ސިޔާސީ މައިދާނަށް ނުކުތް ފަރާތްތަކާއި، ސިޔާސީ މައިދާނުގައި ގިނަ ދުވަސްތަކެއްގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކުގެ އިތުރުން ރަށްރަށުގެ އިޖްތިމާއީ ތަރައްގީއަށް މަސައްކަތްކުރާ ގިނަ ފަރާތްތަކަކުން ޖުމުހޫރީ ޕާޓީއާއި އަންނަނީ ގުޅެމުންނެވެ. ޖުމްހޫރީ ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް "ސީދާ އަމާޒަށް" ނަމުގައި ކެމްޕޭން ހަރާކާތެެއް ވަނީ ފަށާފައެވެ.

ކޮންމެ ހަފްތާއަކުވެސް ޖުމްހޫރީ ޕާޓީއަށް އަލަށް ގުޅޭ ފަރާތްތަކުގެ ފޯމާއި ހަވާލުވުމަށް ޖަލްސާއެއް ބާއްވާއިރު، ހުސްވި ހަފްތާގައި ބޭއްވި ޖަލްސާގައިވެސް 500 އަށް ވުރެ ގިނަ މީހުންގެ ފޯމު އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ ވަނީ ހަވާލުކޮށްފައެވެ. "ސީދާ އަމާޒަށް" ކެމްޕޭންގެ ދަށުން ޖުމްހޫރީ ޕާޓީއަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި ކުރިޔަށް ގެންދާނެކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

އެގޮތުން މާލެ ސަރަހަށްދާއި، އަތޮޅުތަކުގައިވެސް މިކެމްޕޭން ވަރަށް ބާރަށް ކުރިޔަށް ގެންދާކަމަށް އެޕާޓީން ބުނެ އެވެެ. 2008 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި އުފެއްދި ޖުމްހޫރީ ޕާޓީގައި މިހާރު 14 ހާހަށްވުރެ ގިނަ މެމްބަރުން ތިބިކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން