ހިޔާ މަޝްރޫއުގެ ދަށުން އެމްޕީއެލުން އިމާރާތްކުރާ ފްލެޓުތަކުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ނިއްމާލެވޭނެ ކަމަށް ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެ އެވެ.

އެމްޕީއެލްގެ 35 ވަނަ އަހަރީ ދުވަަސް ފާހަގަކުރަން މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސީއީއޯ ޝާހިދު އަލީ ވިދާޅުވީ، ހިޔާ މަޝްރޫއުގެ ދަށުން އެމްޕީއެލުން އިމާރާތްކުރާ ފްލެޓުތައް އަންނަ އަހަރުގެ ކުރީކޮޅު އެ ކުންފުނީގެ މުވައްޒަފުންނާ ހަވާލުކުރަން ފަށާނެ ކަމަށެވެ. އަދި އަންނަ އަހަރުގެ ކުރީކޮޅު ހުރިހާ މަސައްކަތެއް ނިންމައިލެވޭނެ ކަމަށް ޝާހިދު ވިދާޅުވި އެވެ. އެކުންފުނީގެ ފްލެޓުތަކުގެ މަސައްކަތް މިހާރު ހަލުވި ކަމާއެކު ކުރިއަށް ގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމިންގެ ވެރިކަމުގައި ހިންގި ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓް އެޅުމަށް ސަރުކާރުގެ ގިނަ ކުންފުނިތަކަށް ވަނީ ބިން ހަވާލުކޮށްފައެވެ. އަދި އޭގެތެރެއިން ގިނަ ކުންފުނިތަކުން އޭރު މަސައްކަތް ވެސް ފެށިއެވެ. ނަމަވެސް މިސަރުކާރުގެ ހައުސިންގ މިނިސްޓަރ ވިދާޅުވެފައިވަނީ ކުންފުނިތަކާ ހަވާލުކޮށްގެން ހަދާކަމަށްބުނެ ކުރީގެ ސަރުކާރުން ހަވާލުކުރި އެއްކޮޓަރީގެ ފްލެޓްތަަކަކީ ވުޖޫދުގައިވާ ތަންތަން ނޫން ކަމަށެވެ.

މީގެ އިތުރުން އެމްޕީއެލްގެ ހިދުމަތްތައް ކުރިމަގުގައި ތަރައްގީ ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން އެ ކުންފުނީގެ މުވައްޒަފުން އިތުރަށް ތަމްރީނުކޮށް އިންސާނީ ވަސީލަތްތައް ހަރުދަނާ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި އެމްޕީއެލުން ވަނީ ކޮވިޑް-19ގެ ހާލަތުގައި ލޮކްޑައުންވެ ތިބެ ހިދުމަތް ދިން ހުރިހާ މުވައްޒަފުންނަށް އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ހަދާނީ ލިޔުމެއް ދީފައެވެ. މިރޭގެ ޖަލްސާގައި ނާއިބް ރައީސް ފައިސަލް ނަސީމް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

-6

TOKY

20-Sep-2021

ތިތަނަކީ އޮފް ދުވަހެއް ނުދީ މަސައްކަތް ކުރުވާ ތަނެއް މިރާއްޖޭގަ މަސައްކަތް ކުރާ ބަންގާޅީންނައްވެސް ހަފުތާ އަކު އެއްދުވަސް އޮފުލިބޭ !! ވަޒީފާގެ ގާނޫނުގަ މަޖުބޫރު ވާނެ ހަފުތާއަކު އެއްދުވަސް އޮފް ލިބެން. މުވައްޒަފުންގެ ހައްގުތަކަށް އަރާގަނެފަވާ ތަނެއް. ނިކަމެތިންގެ ހައްގުގަ މި ވާހަކަ ދައްކާނެ މީހަކު ނެތް..

-4

TOKY

19-Sep-2021

-9

7

ޓްރެންޑިން