އައްޑޫ ސިޓީ ހިތަދޫގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލައިފި އެވެ.

ފުލުހުންގެ އިދާރާއިން ބުނީ، އައްޑޫ ސިޓީ ފުލެޓް ސަރަހައްދުގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ ޒަޚަމްކޮށްލާފައިވާ ކަމުގެ މައުލޫމާތު މިއަދު 12:08 ހާއިރު، ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އެ މާރާމާރީގައި އަނިޔާވެފައިވަނީ 29 އަހަރުގެ ފިރިހެނަކަށް ކަމަށާއި އެމީހާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެ އެެވެ.

މިމައްސަލަ އާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ނުކުރެއެެވެ.

ޝޯޝަލް މީޑިޔާގައި އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެ ޒުވާނާގެ ގަޔަށް ތޫނު އެއްޗަކުން ހަމަލާދީފައިވަނީ އޭނާ ދިރިއުޅޭ ފްލެޓަށް ވަންނަން ދިޔަ މަގުމަތީގައި ފުލެޓް ތެރޭގައެެވެ. ހަމަލާދީފައިވަނީ އެ ޒުވާނާގެ ކަރަށެވެ.

ފުލެޓް ތެރޭގައި ހިނގި މި މާރާމާރީގައި އިތުރު މީހަކު ވެސް ވަނީ ޒަޚަމްވެފައެވެ. މަންޒަރު ދުށް ބައެއް މީހުން ބުނީ ދެން ޒަޚަމްވި ހަމަލާ ހުއްޓުވަން މަސައްކަތް ކުރި މީހެއް ކަމަށެވެ. ފުލުހުން ގެންދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ. މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން