ކޮވިޑުގެ ހާލަތުގައި ރާއްޖެއިން ދުނިޔެއަށް މިސާލު ދައްކައިދީފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބުދު ﷲ ވިދާޅުވެއްޖެއެެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ މެމްބަރު އަދި ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބުދު ﷲ ވިދާޅުވީ، ކޮވިޑުގެ ހާލަތުގައި ރާއްޖެ އިން ދުނިޔެއަށް މިސާލު ދައްކައިދީފައިވާ ކަމަށެވެ. އަދި ސަރުކާރުން ވިސްނުންތެރިކަމާއެކު ގައުމުގެ ކަންކަން މެނޭޖްކޮށް ރަނގަޅު ނަތީޖާއެއް ނެރެފައިވާ ކަމަށް އޭނާ ވިދާޅުވިއެެވެ.



ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބުދު ﷲ މިހެން ވިދާޅުވެފައިވާއިރު ކޮވިޑު މެނޭޖް ކުރުމުގައި ސަރުކާރުން އެޅުއްވި ހަރުދަނާ ފިޔަވަޅު ތަކުގެ ސަބަބުން ބަލީގެ ހާލަތު ވަރަށް ބޮޑަށް މިހާރު ވަނީ އާންމު ހާލަތަށް ރުޖޫއަވެފައެވެ.

މީގެ އިތުރުން ކޮވިޑާއި ގުޅިގެން ރާއްޖޭގެ އިގްތިސާދަށް އައި ހީނަރު ކަމުން މަޑުމަޑުން އަރައިގަނެވި ޓޫރިޒަމް ވެސް ކުރިން ހުރި ވަރަށް އިއާދަވަމުންދާކަން ފާހަގަކުރެވެއެވެ. ރާއްޖެއަށް އާމްދަނީ ލިބޭނެ މަގު އެއްކޮށް ބަންދުވެ ރާއްޖޭގެ ބޯޑަރު ވެސް މީގެ ކުރިން ވަނީ ބަންދުކޮށްފައެވެ.



ކޮވިޑުގެ ހާލަތުގައި ސަރުކާރުން ރައްޔިތުންނަށް ދޭ ޚިދުމަތްތައް ނުހުއްޓި ދީފައިވާއިރު ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް ހުއްޓާނުލައި ހިންގަމުން ސަރުކާރުގެ މުވައްޒަފުންނަށް މުސާރަދީ ކޯވިޑްގެ ހާލަތުގައި ސަރުކާރުން ކަންކަން ކުރިއަށްގެންދިޔަގޮތާއި ކޮވިޑުން އަރައިގަނެ އިގުތިޞާދު ހަމައަކަށް އެޅުވުމަށް ސަރުކާރުން ކުރި މަސައްކަތަށް ގިނަ ބަޔަކު އަންނަނީ ތައުރީފްކުރަމުންނެވެ.

ރޯގާބަލިމަޑުކަމުން އަރައިގަތުމަށް އެޅި ފިޔަވަޅުތަކުގެ އިތުރުން ރާއްޖެއަށް ދިމާވި މިއިގްތިސާދީ ކާރިސާއިން އަރައިގަތުމަށް ސަރުކާރުން ވަނީ ބޭރު ގައުމުތަކުން ހިލޭ އެހީއާއި ލޯނު އެހީވެސް ހޯދާފައެވެ. ރާއްޖޭގެ ބޮޑެތި ވިޔަފާރި ތަކާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީ ވިޔާރިތައް ދަމަހައްޓައި ބޮޑެތި ހޭދަތަކެއް ކޮށްފައިވާއިރު ކޯވިޑްގެ ސަބަބުން ވަޒީފާ ގެއްލުނު މީހުންނަށް އިނާޔަތު ދިނުމަށް ފެށި ޕްރޮގްރާމް އަދި ހުއްޓާނުލާ ކުރިއަށް ގެންދާކަން ފާހަގަކޮށްލެވެއެވެ.

މީގެއިތުރުން އާބާދީގެ ބޮޑު ބަޔަކަށް އެންމެ އަވަހަށް ކޯވިޑް ވެކްސިން ދިނުމުގައިވެސް އެންމެ ކުރީ ސަފުގައި ރާއްޖެ ހިމެނޭކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން