އައްޑޫ ސިޓީގައި މިއަދު ކުރި އިހުތިޖާޖުގެ ބަައިވެރިންނާއި ދެކޮޅަށް ފުލުހުން ބާރުގެ ބޭނުންކުރުމުން ބައެއް މީހުންނަށް އަނިޔާވެއްޖެއެވެ.

އައްޑޫގައި އާންމުންގެ ބަޔަކު ނިކުމެ އިހްތިޖާޖް ކުރީ 16 އަހަރުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ބުނެ އެވެ. އެމައްސަލައިގައި ތުހުމަތު ކުރެވެނީ ފުލުހަކަށެވެ. އެކުއްޖާގެ އުމުރުން 14 އަހަރުން ފެށިގެން ފުލުސް މީހާގެ ފަރާތުން ޖިންސީ ގޯނާ ލިބެމުން އަންނަ ކަމަށް ވަނީ އަޑު ފެތުރިފައެވެ.

އިހްތިޖާޖާއި ގުޅިގެން ފުލުހުން ވަނީ އެމައްސަލައިގައި ތުހުމަތު ކުރެވޭ ފުލުސް މީހާއަށް "ހިމާޔަތްދީފަ" އެވެ. މިއަދުގެ މުޒާހަރާގައި އެ ރަށުގެ މީހުން ވަނީ އޭނާ ވަގުތުން ވަގުތައް ހައްޔަރުކުރުމަށް ގޮވާލާފައެވެ. ފުލުހުންގެ އިދާރާއިން ބުނީ އައްޑޫ ސިޓީގައި މިއަދު ކުރި އިހުތިޖާޖުގައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅަން މަސައްކަތްކުރުމާ ގުޅިގެން ބާރުގެ ބޭނުންކޮށްފައިވާ ކަމަަށެވެ. އެގޮތުން އެތަނުގައި އެއްވެ ތިބި މީހުން ދުރަށް ޖެއްސުމުގެ ގޮތުން ފުލުހުން ޕެޕަރ ސްޕްރޭ ބޭނުންކޮށްފައިވާ ކަމަަށް ފުލުހުން ބުނެ އެެވެ.

ފުލުހުން ޕެޕަރ ސްޕްރޭ ބޭނުންކުރުމުގެ ސަބަބުން ބައެއް މީހުންނަށް ވަނީ އަނިޔާވެފައެވެ. އަނިޔާވި މީހަކަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ވެސް ވަނީ ގެންގޮސްފައެވެ. ފުލުހުން ބުނީ އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީ ހިމެނޭ ސައުތު ޕޮލިސް ޑިވިޝަނުގައި ހިމެނޭ ރަށެއްގައި އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް އިއްޔެ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން