ރާއްޖޭގައި ހަރުކަށި އައިއެސް ޖަމާއަތުގެ ފިކުރު ފަތުރަން މަސައްކަތްކުރާކަމަށް ބުނާ އެންމެ އިސް މީހާ، މުހައްމަދު އަމީން ބަންދުން މިނިވަންކުރަން ހައިކޯޓުން ހުކުމްކޮށްފިއެވެ.

ފުލުހުންގެ ބަންދުގައި ހުރި އަމީން މިނިވަންކުރުމަށް ހައިކޯޓުން ހުކުމްކުރީ އޭނާގެ މައްޗަށް ކުރާ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ، މުއްދަތުގެ ތެރޭގައި ކޯޓަށް ހުށަހަޅާފައި ނުވާތީއެވެ.

ހައިކޯޓުގެ ހުކުމުގައި ވަނީ ދައުވާތައް ބާތިލްކޮށް އޭނާ މިނިވަންކުރަން އަންގާފައެވެ. އަނެއްކޮޅުން އޭނާ ބަންދުގައި ހުންނަތާ ދޮޅު އަހަރު ވެއްޖެއެވެ.

ހައި ކޯޓުން މިހުކުމް އައިސްފައި މިވަނީ ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތުގެ ކުރިން އަމީންގެ ފަރާތުން ހުށަހެޅި ހުށަހެޅުންތަކެއް ބަލައިނުގަތުމުން އެ ނިންމުން ހައި ކޯޓަށް ހުށަހެޅުމުންވެސް ބަލައިނުގަނެ ބޭރުކޮށްލުމުން، އޭނާގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅައި އެ ކޯޓުން ކުރި އަމުރަކާއި ގުޅިގެނެވެ.



ރާއްޖޭގައި އުޅޭ އައިއެސްގެ އެންމެ އިސް މީހަކީ އަމީންކަމަށް ދައުލަތުން ކޯޓުގައި ބުނެފައިވާއިރު އޭނާއަކީ 2007 ވަނަ އަހަރު ސަލްޓަން ޕާކުގައި ބޮން ގޮއްވި މައްސަލާގައި ތުހުމަތު ކުރެވުނު މީހެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން