މާލެ ސިޓީ ކައުންސިލުން، ވެމްކޯ ދޮރުމައްޗަށް ކުނި އެޅުމަކީ ނާތަހުޒީބު އަމަލެއްކަމަށް މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މޭޔަރ މުއިއްޒު މިހެން ވިދާޅުވެފައި މިވަނީ، މާލޭގެ މަގުތަކުގައި ހުރި ކުނިތައް ސިޓީ ކައުންސިލުން ނެގުމަށްފަހު ވެމްކޯގެ ދޮރުމައްޗަށް އެޅުމާއި ގުޅިގެނެވެ.

މިކަމާއި ގުޅިގެން މިވަގުތު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރުގައި ހުންނެވި މޭޔަރ މުއިއްޒު ވިދާޅުވީ ‏ވެމްކޯ ދޮރުމަށްޗަށް ކުނިއެޅިކަން މޭޔަރުގެ ސަމާލުކަމަށް ޑެޕިޔުޓީ މޭޔަރ ގެންނެވުމުން، އެކަން ވަގުތުން ރަނގަޅުކުރުމަށް ދެންނެވިކަމަށެވެ. އަދި އެއީ އެއްގޮތަކަށްވެސް ކޮށްގެން ނުވާނޭ ނާތަހުޒީބު ކަމެއްކަމަށް މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވީ އެފަދަ ކަމެއް ތަކުރާރުވިޔަނުދިނުމަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރައްވާނެކަމަށެވެ.



ވެމްކޯއާއި ސިޓީ ކައުންސިލާއި ދެމެދު ކުނީގެ މައްސަލައިގައި ބޮޑު މައްސަލަގަނޑެއް އުފެދިފައި މިވަނީ މާލެ ސަރަހައްދުގެ ކުނި ނަގާ އުސޫލަށް ވެމްކޯއިން އިއްޔެ ގެނައި ބަދަލާއެކުއެވެ. އެގޮތުން މަގުމައްޗަށް ކުނި ނެރުމުގެ ބަދަލުގައި، ގޭގެއަށް ވަދެ ކުނި ނެގުމުގެ މަސައްކަތް ވެމްކޯއިން ވަނީ ފަށާފައެވެ. ނަމަވެސް އިއްޔެވެސް ގިނަ ބަޔަކު ވަނީ މަގުމައްޗަށް ކުނި ނެރެފައެެވެ. އެކަމަކު ކުނިތައް މިއަދު ހެނދުނުވިއިރުވެސް ނަގާފައެއް ނުވެއެވެ.

އެންމެފަހުން މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުން ނުކުމެ ކުނި ނެގުމަށްފަހު ވަނީ މާލޭގައި ހުންނަ ވެމްކޯގެ ވޭސްޓް ކަލެކްޝަން ސެންޓަރު ދޮރުމައްޗަށް އަޅާލާފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ވެމްކޯ ދޮރުމައްޗަށް ކުނި އަޅާއިރު، އެތާނގައި މާލެ ސިޓީގެ އެމްޑީޕީގެ ކައުންސިލަރެއްކަމަށްވާ ޒަމީރު ހުންނެވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން