އަހުމަދު މަސްނޫމް   16 ސެޕްޓެމްބަރު 2021 - 16:2
ގޭބަންދުގައި ހުންނަވައިގެން އިދިކޮޅު މުޒާހަރާގައި ބައިވެރިވެވަޑައިގެންނެވި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ފިޔަވަޅު އަޅައިފިއެވެ.

ޕީޕީއެމުން އެންމެފަހުން މާލޭގައި ބޭއްވި މުޒާހަރާގެ ބައިވެރިން ރައީސް ޔާމީންގެ ގެކޮޅު ހ. ދޫވެހި ކައިރިއަށް އެއްވުމުން އެ މަނިކުފާނު ވަނީ ކުޑަދޮރަކުން ބޯދިއްކުރައްވައި، ގައުމީ ދިދަ އާއި ޕީޕީއެމްގެ ދިދަ ވިހުރުއްވައި އެމީހުންނަށް ހިތްވަރު ދެއްވާފައެވެ.

މިކަމާއި ގުޅިގެން އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓުން އަޑުއުފުލަން ފެށުމުން ކަރެކްޝަނުން ވަނީ އެމައްސަލައިގައި ރައީސް ޔާމީނަށް ފިޔަވަޅު އަޅާނެކަމަށް ބުނެފައެވެ.

ކަރެކްޝަނުން ބުނީ އެފަދަ ކަމެއް ތަކުރާރު ނުކުރުމަށް ލިޔުމުން އިއްޔެ ޔާމީނަށް ނަސޭހަތް ދީފައިވާ ކަމަށެވެ. ނަމަވެސް އެފަދަ ކަމެއް ތަކުރާރުކުރައްވައިފި ނަމަ އަޅާނެ ފިޔަވަޅެއް ކަރެކްޝަނުން ހާމައެއް ނުކުރައްވައެވެ.

ހުކުމް ތަންފީޒުކުރަން ޖަލުގައި ބެހެއްޓުމަށް ފަހު ޔާމީން ގޭބަންދަށް ބަދަލުކުރީ ޖަލުގައި ކޮވިޑް ފެތުރޭތީކަމަށް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން