ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ގެންދިޔަކަމަށް ބުނާ ކަޅު ދަބަހުގެ ތަފްސީލް ހަފްތާއެއް ތެރޭގައި ހާމަކުރާނެކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އަލީ ވަހީދު މިހެން ވިދާޅުވެފައި މިވަނީ ‏އެމްއެމްޕީއާރުސީގެ ސައްޙަ ލިސްޓު ފެށެނީ މިއަދުގެ ޕްރޮސިކިއުޓަރ ޖެނެރަލާއި ހަމައިންކަމަށް މީގެކުރިން ވިދާޅުވުމަށްފަހުއެވެ. އަލީ ވަހީދު އޭރު ވިދާޅުވީ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު އުޅުއްވި ފްލެޓުން ކަޅު ދަބަސް ހިފައިގެން ނުކުތް މީހުން ނޯޅޭނެކަމަށެވެ.

އަލީ ވަހީދު މިއަދު ވިދާޅުވީ ‏އިންސާނެއްގެ މިނިވަންކަން ނުޙައްޤުން ހިފަހެއްޓުމުގެ ޖާގަ ދައުލަތުގެ އެއްވެސް މުއައްސަސާއަކަށް ނޯންނާނެކަމަށެވެ. އަދި ރިފޯމްގެ ނަމުގައި އެއް ލޯފާމަކަށް ޖުޑީޝަރީ ޕްރައިވެޓައިޒްކޮށް ކިލަނބުކޮށްލައިފިކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

އަލި ވަހީދު ވިދާޅުވީ 25 އޮކްޓޯބަރ 2015 ގައި ޕީޖީ ޝަމީމް ގެންދެވި ކަޅުދަބަހުގެ ތަފްޞީލު ހަފްތާއެއްގެ ތެރޭގައި ހާމަ ކުރައްވާނެކަމަށެވެ.



އަލީ ވަހީދު ވިދާޅުވީ ‏ކްރިމިނަލް ކޯޓުން ރައީސް ޔާމީނަށް ހުކުމްކުރި ތިން ފަނޑިޔާރުންގެ އަޣުލަބިއްޔަތު އިޢުތިރާފު ބަހުން، ދިވެހިރާއްޖޭގައި މިވަގުތު އޮތީ "ޝަމީމީ ނިޒާމެއް" ކަން ވަރަށް ސާފުކަމަށެވެ. އަދި އިތުރު އަޑު އެހުންތަކާއި ބަހަނާތައް ނުދައްކާ ރައީސް ޔާމީން މިނިވަންކުރަންޖެހޭކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން