ރައީސް ޔާމީންގެ މައްޗަށް ހިންގީ ނުފޫޒު ހިންގާފައިވާ ޝަރީޢަތެއްކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިހެން ވިދާޅުވެފައިވާއިރު، ރައީސް ޔާމީންގެ މައްޗަށް އިއްވި 5 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް އަޑުއެހުންތައް ސުޕްރީމް ކޯޓުގައި ފަށައިގެން ދަނީ ކުރިއަށެވެ.

ޑރ. ޝަހީމް މިއަދު ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ކުރެވޭ ޝަރީޢަތަކީ، ފުރިހަމަ ނުވެ އޮތް ތަޙުޤީޤެއްގެ މައްޗަށް ބިނާކޮށް ޢަދުލުވެރި ނޫން ހެކިން ބޭނުންކޮށްގެން ހިންގި ޝަރީއަތެއްކަމަށެވެ. އަދި ވަކި ގޮތަކަށް ޙުކުމްކުރުމަށް ނުފޫޒު ހިންގާފައިވާ ޝަރީޢަތެއްކަން އެކަން ބެލި ފަނޑިޔާރުންގެ އަމިއްލަ ދޫތަކުން ހާމަކުރަމުންދާތީ، ރައީސް ޔާމީން މިނިވަންކުރަންޖެހޭކަމަށް ޝަހީމް ވިދާޅުވިއެވެ.



ރައީސް ޔާމީންގެ މައްސަލައިގެ އިސްތިއުނާފް އަޑުއެހުންތަައް ސުޕްރީމް ކޯޓުގައި ކުރިއަށްދާއިރު، އެމަނކުފާނުގެ ފަރާތުން ވަނީ ގިނަ ކަންތައްތަކެއް ފާހަގަކުރައްވާފައެވެ. އަދި ކަފާލާތުގެ ދަށުން އެމަނިކުފާނު ދޫކޮށްލެއްވުމަށް ވެސް ސުޕްރީމު ކޯޓުގައި ވަނީ އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން