އިލެކްޝަންސް ކޮމިޝަންގެ މަސައްކަތަކީ ރައްޔިތުން ނިންމާ ނިންމުން، އަމާނާތްތެރިކަމާއެކު ފޯރުކޮށްދިނުންކަމަށް އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤް ވިދާޅުވެއްޖެއެވެ.

ފުއާދު މިހެން ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ކުރުމަށް ނިންމާފައިވާ ކަންތައްތައް އެކުލެވޭ އެ ކޮމިޝަނުގެ ސްޓްރެޓެޖިކް ޕްލޭން އިފްތިތާހްކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ.

އިލެކްޝަންސް ކޮމިޝަންގެ ކުރިއައް އޮތް 5 އަހަރުދުވަހުގެ ސްޓްރެޓެޖިކް ޕްލޭންއަކީ ކޮމިޝަންގެ އިސްތިރާޖީ އެޖެންޑާއާއި ކޮމިޝަންގެ ތަސައްވުރަށް ވާޞިލްވުމަށްޓަކައި ގެންނަން ކަނޑައަޅާފައި ބަދަލުތަކާއި ޙާސިލްކުރަން ބޭނުންވާ ނަތީޖާ ތަކުގެ މަގުޗާޓު އެކުލަވާލާފައިވާ ޕްލޭނެކެވެ. މި މަގު ޗާޓުގައި ޚިދުމަތްތައް މިހާރުގެ ޓެކްނޮލަޖީގެ ވަޞީލްތަކާއެކު ފަސޭހަ އަދި އަވަސް ނިޒާމަކުން ދިނުމަށް ވަނީ ރާވާފައެވެ.

މި ޕްލޭން އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެކޮމިޝަނުގެ ރައީސް ފުވާދު ތައުފީޤް ވިދާޅުވީ ކުރީގެ ތަޖުރިބާގެ އަލީގައި އެއް އިންތިޚާބަށް ފަހު އަނެއް އިންތިޚާބެއްގެ ވޯޓުލުމުގެ ނިޒާމަށް އެކަށޭނެ ބަދަލު އަންނަމުން ދާކަމަށެވެ. އިންތިޚާބުތަކުގެ މަސައްކަތްތަކަކީ ބުރަ، ބޮޑު މަސައްކަތްތަކެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

"އިންތިޚާބުތަކުގެ މަސައްކަތްތަކަކީ ބުރަ ފާޑުކިޔުންތައް ބޮޑު މަސައްކަތްތައްކެއް. އިންތިޚާބުގައި ކާމިޔާބުވާ ފާރާތްތަކާއި ނާކާމިޔާބު ކުރިމަތިލާންޖެހޭ ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވޭ. ނަމަވެސް ކޮމިޝަންގެ މަސައްކަތަކީ ރައްޔިތުން ނިންމާ ނިންމުން، އަމާނާތްތެރިކަމާއެކު ފޯރުކޮށްދިނުން." އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީޤް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ސްޓްރެޓެޖިކް ޕްލޭން އިފްތިތާޙް ކުރުމަށް ބޭއްވި ރަސްމިއޔާތުގައި ވަނީ އެ ކޮމިޝަންގެ ތަފާސްހިސާބުތައް ފެންނަ ޕޯޓަލްއެއްވެސް އިފްތިތާހްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


0

އައްލާކަލޯ

19-Sep-2021

ﷲއައްބިރުވެތިނުުވާއެއްވެސްމީހަކައް އަމާނާތްތެރިކަމާއެކުކަމެއްނުނިއްމޭނެ



ޓްރެންޑިން