ޖެއްސުންކުރުމުގެ ފުރުސަތު ވެމްކޯއަށް ނުދޭނެކަމަށް ވިދާޅުވެ މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވެމްކޯއަށް ބަހުގެ ހަމަލާތަކެއް ދެއްވައިފިއެވެ.
ބެލެވޭ ގޮތުގައި މިއީ މާލެ ސަރަހައްދުން ކުނި ނެގުމުގެ އުސޫލަށް ވެމްކޯއިން ގެނައި ބަދަލުތަކާއި ގުޅިގެން މުއިއްޒު ދެއްވި ހަމަލާތަކެކެވެ. ވެމްކޯއިން އިއްޔެއިން ފެށިގެން ކުނި ނަގަމުންދަނީ ކޮންމެ ގެއަކަށް ވަކިން ގޮހެވެ. އަދި ކުނި ނެގުމާއި ކުނިއުކުމުގައި ގެންގުޅޭ އުސޫލު އެކުންފުނިން ވަނީ ވަރަށްބޮޑަށް ހަރުކަށި ކޮށްފައެވެ.
ޑރ. މުއިއްޒު މިއަދު ވިދާޅުވީ މަގުމަތި ސާފުކޮށް ބޭއްވުމަށް ވެމްކޯއަށް ފައިސާ ދީގެން ސިޓީ ކައުންސިލުން ކުރުވާ މަސައްކަތް ވެމްކޯއިން ނުކުރާކަމަށެވެ. އަދި އެމަސައްކަތް ނުކޮށް ރައްޔިތުންނަށާއި ސިޓީ ކައުންސިލަށް ޖެއްސުންކުރާކަށް ފުރުސަތު ނުދެއްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ. އެގޮތުން އެ ކަމުގައި ސިޓީ ކައުންސިލުން އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅަން ފަސްނުޖެހޭނެކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
ވެމްކޯގެ އަމަލުތަކާމެދު ފާޑުކިޔާ ބައެއް ފަރާތްތަކުން ސިފަކުރަނީ މިއީ އެމްޑީޕީގެ އެތެރޭގައި މިހާރު ހިނގަމުންދާ ވާދަވެރިކަމުގެތެރެއިން ސަރުކާރަށް ޖެއްސުންކޮށް މާލެސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ސަރުކާރު ދެކެ ރުޅިއެރުވުމަށް ރޭވިގެން ހިންގާ އަމަލުތަކެއް ކަމަށެވެ.
މާލޭގެ މަގުމަތިން ކުނި ނެގުން ވެމްކޯއިން ހުއްޓާލާފައިވާއިރު މާލެ މަގުމަތިން ކުނި ނެގުމަށް ކައުންސިލާއި ވެމްކޯއާއި ދެމެދު ވެފައިވާ އެއްބަސްވުމެއް އެބައޮތްކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. އަދި އެކަމަކީ ސިޓީ ކައުންސިލުން އިސްލާޙުކުރުވަން މަސައްކަތް ކުރާނެކަމެއްކަމަށްވެސް ސިޓީ ކައުންސިލުން ވަނީ މީގެކުރިން ބުނެފައެވެ.
އިދިކޮޅުގެ މެޖޯރިޓީއޮތް މާލޭސިޓީ ކަައުންސިލާއި ސަރުކާރުގެ ބައެއް މުއައްސަސާތަކާ އަދި ސަރުކާރުގެ ބައެއް ކުންފުނިތަކާ ދެމެދު ދެބަސްވުންތަކެއް އުފެދިފައިވާކަން ވަނީ ފާހަގަ ކުރެވިފައެވެ.

މަގުމަތި ސާފުކޮށް ބޭއްވުމަށް ވެމްކޯ އަށް ފައިސާ ދީގެން ސިޓީ ކައުންސިލުން ކުރުވާ މަސައްކަތް ވެމްކޯ އިން ނުކޮށް ރައްޔިތުންނަށާއި ސިޓީ ކައުންސިލަށް ޖެއްސުންކުރާކަށް ފުރުސަތު ނުދޭނަން. އެ ކަމަށް ސިޓީ ކައުންސިލް އިން އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅަން ފަސްނުޖެހޭނެ ވާހަކަ ދަންނަވަން https://t.co/EZRSpykQKy
— Dr Mohamed Muizzu (@MMuizzu) September 16, 2021
ވެމްކޯގެ އަމަލުތަކާމެދު ފާޑުކިޔާ ބައެއް ފަރާތްތަކުން ސިފަކުރަނީ މިއީ އެމްޑީޕީގެ އެތެރޭގައި މިހާރު ހިނގަމުންދާ ވާދަވެރިކަމުގެތެރެއިން ސަރުކާރަށް ޖެއްސުންކޮށް މާލެސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ސަރުކާރު ދެކެ ރުޅިއެރުވުމަށް ރޭވިގެން ހިންގާ އަމަލުތަކެއް ކަމަށެވެ.
މާލޭގެ މަގުމަތިން ކުނި ނެގުން ވެމްކޯއިން ހުއްޓާލާފައިވާއިރު މާލެ މަގުމަތިން ކުނި ނެގުމަށް ކައުންސިލާއި ވެމްކޯއާއި ދެމެދު ވެފައިވާ އެއްބަސްވުމެއް އެބައޮތްކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. އަދި އެކަމަކީ ސިޓީ ކައުންސިލުން އިސްލާޙުކުރުވަން މަސައްކަތް ކުރާނެކަމެއްކަމަށްވެސް ސިޓީ ކައުންސިލުން ވަނީ މީގެކުރިން ބުނެފައެވެ.
އިދިކޮޅުގެ މެޖޯރިޓީއޮތް މާލޭސިޓީ ކަައުންސިލާއި ސަރުކާރުގެ ބައެއް މުއައްސަސާތަކާ އަދި ސަރުކާރުގެ ބައެއް ކުންފުނިތަކާ ދެމެދު ދެބަސްވުންތަކެއް އުފެދިފައިވާކަން ވަނީ ފާހަގަ ކުރެވިފައެވެ.
ކިޔުންތެރިންގެ ހިޔާލު