އަހުމަދު މަސްނޫމް   15 ސެޕްޓެމްބަރު 2021 - 18:15
ޖުމްހޫރީ ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް ހިންގާ ހަރަކާތް "ސީދާ އަމާޒަށް" ކެމްޕޭންގެ ދަށުން އެ ޕާޓީއަށް އިތުރު 1000 މެމްބަރުން ގުޅިއްޖެއެވެ.

ޖުމްހޫރީ ޕާޓީއާ އަލަށް ގުޅުނު މެންބަރުންގެ ފޯމުތައް ހަވާލުކުރުމަށް ޖުމްހޫރީ ޕާޓީގެ މައި އޮފީސް، މ. ކުނޫޒުގައި ރޭ ބޭއްވި ޖަލްސާގައި ފޯމުތަކާއި ހަވާލުވެވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމެވެ.

މިޖަލްސާގައި ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ކެބިނެޓް މިނިސްޓަރުންނާއި، ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލިސް މެމްބަރުންނާއި، ޕާޓީގެ އިސް ބޭފުޅުން ބައިވެރިވެވަޑަގަތެވެ.



ޕާޓީއާ އަލަށް ގުޅުނު މީހުންގެ ތެރޭގައި، ރާއްޖޭގެ ބައެއް މަޝްހޫރު ފަރާތްތަކާއި، އަލަށް ސިޔާސީ މައިދާނަށް ނުކުތް ފަރާތްތަކާއި، ސިޔާސީ މައިދާނުގައި ގިނަ ދުވަސްތަކެއްގެ ތަޖުރިބާ ލިބިފައިތިބި ފަރާތްތަކުގެ އިތުރުން ރަށްރަށުގެ އިޖްތިމާއީ ތަރައްގީއަށް މަސައްކަތްކުރާ ގިނަ ފަރާތްތަކެއްވެސް ހިމެނެއެވެ.

މިދިޔަ ހަފްތާގައިވެސް ޖުމްހޫރީ ޕާޓީއާ 500 އަށް ވުރެ ގިނަ މީހުން ވަނީ ގުޅިފައެވެ.



ޖުމްހޫރީ ޕާޓީގައި މިހާރު 14 ހާހަށްވުރެ ގިނަ މެމްބަރުން އެބަތިބިކަމަށް އެ ޕާޓީން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން