އަހުމަދު މަސްނޫމް   15 ސެޕްޓެމްބަރު 2021 - 17:25
އަހުމަދު ޝަރީފް (ސައިރިކްސް ޝަރީފް) މޯލްޑިވްސް ނެޝަނަލް ޕާޓީ، އެމްއެންޕީއާ ގުޅިވަޑައިގެންފިއެވެ.

އަހުމަދު ޝަރީފަކީ ރާއްޖޭގައި ފުޅާދާއިރާއެއްގައި، މަތީ ތައުލީމް ފެތުރުމުގެ މަސައްކަތުގައި ވަރަށް ދުވަހު ހޭދަކުރަށްވާފައިވާ ސައިރިކްސް ކޮލެޖްގެ ޗެއަރމަނެވެ. މީގެއިތުރުން ޝަރީފަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރަށްވާފައިވާ ބޭފުޅެކެވެ. މީގެއިތުރުން ޝަރީފަކީ މިހާރުވެސް އައްޑޫ ސިޓީގެ ތަރައްގީއަށާއި އަދި މުޅި ރާއްޖޭގެ ރައްޔިތުންގެ ހެވާ ލާބަޔަށްޓަކާއި ސަރުކާރުގެ އެކިނިންމުންތަކާއި ދެކޮޅަށާއި އެއްކޮޅަށް ވެސް ޚިޔާލު ފާޅުކުރަށްވައި ފާޑުވިދާޅުވެ އަދި މަޝްވަރާ ދެއްވުމުގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ.



ކާނަލް ނާޒިމާއި ކުރީގެ ސީޕީ އަބްދުﷲ ރިޔާޒު އިސްކޮށް ތިއްބަވައިގެން އުފައްދަވާ އެމްއެންޕީއާ ޝަރީފް ގުޅިވަޑައިގެންފައިވާއިރު، އިލެކްޝަންސް ކޮމިޝަނަށް އެމްއެންޕީ އުފެއްދުމަށް 5،000 އަށްވުރެ ގިނަ މެންބަރުންގެ ސޮޔާއިއެކު މިއަދު ވަނީ ހުށަހަޅާފައެވެ.

އަދި އުފެއްދުމުގެ މަރުހަލާގައި މަސައްކަތް ކުރަމުންދާ އެމްއެންޕީން ބުނެފައިވަނީ އަންނަ ރިޔާސީ އިންތިޚާބުގައި އެޕާޓީން ކެންޑިޑޭޓަކު ނެރޭނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން