އަހުމަދު މަސްނޫމް   15 ސެޕްޓެމްބަރު 2021 - 17:6
މިދިޔަމަހުގެ ނިޔަލަށް ދައުލަތަށް މުދަލު ޒަކާތުގެ ގޮތުގައި 51 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މީރާއިން ހާމަކޮށްފިއެވެ.

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަމަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވާ 51 މިލިއަން ރުފިޔާއަކީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 33 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު 53.6 އިންސައްތަ އިތުރު އަދަދެކެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ އޮގަސްޓްމަހުގެ ނިޔަލަށް މުދަލުގެ ޒަކާތުގެގޮތުގައި 51 މިލިއަން ރުފިޔާ ލިބިފައިވާއިރު، މީގެތެރޭގައި ހިމެނެނީ 50 މިލިއަން ރުފިޔާއާއި 18112 ޑޮލަރެވެ.

ރާއްޖޭގައި މުދަލު ޒަކާތުގެ ނިޞާބަކީ 6878.20 ރުފިޔާއެވެ. މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިސާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ ވާޖިބެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް މުދަލުގެ ޒަކާތް ދެއްކޭނެއެވެ. 2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަތުން ވަނީ މީރާއަށް ބަދަލު ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން