މޯލްޑިވްސް ނޭޝަނަލް ޕާޓީ، އެމްއެންޕީ އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޕާޓީ، އެމްއެންޕީއަކީ 7 ފެބްރުއަރީގައި އެމްޑީޕީގެ ވެރިކަން ބަދަލުކުރުމުގައި އިސްކޮށް ހުންނެވި ދެ ބޭފުޅުންކަމަށްވާ ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު އިސްކޮށް ތިއްބަވައިގެން އުފައްދަވަން މަސައްކަތްކުރާ ޕާޓީއެކެވެ.

އިލެކްޝަންސް ކޮމިޝަނަށް އެމްއެންޕީ އުފެއްދުމަށް ހުށަހަޅާފައިވަނީ 5،000 މެމްބަރުންނަށްވުރެ ގިނަ މީހުންގެ ސޮޔާއިއެކުކަމަށް އެ ޕާޓީން ބުނެއެވެ.



އެމްއެންޕީ އުފެއްދުމަށް އިލެކްޝަނަށް ހުށަހަޅާފައިވާއިރު އެމްއެންޕީ އުފެއްދުމުގައި އިސްކޮށް އުޅުނު ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދާއި، ނިލަންދޫ ދާއިރާ މެމްބަރު އަބްދުލް މުހުސިން ހަމީދު ވަނީ އެމްއެންޕީއާއި ގުޅުން މަޑު ޖައްސާލަން ނިންމާފައެވެ.

އެމްއެންޕީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމަށް ދީފައިވަނީ މިދިޔަ ޖުލައި 15 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން