މޫސުން ގޯސްވުމާ ގުޅިގެން، މާލެ ސަރަޙައްދުގެ ފެރީގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.

މާލެ ސަރަޙައްދަށް ފެރީގެ ޚިދުމަތް ދެމުން އަންނަނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީން ބުނީ އެ ކުންފުނިން ޚިދުމަތްދެމުން އަންނަ މާލެ-ހުޅުމާލެ، މާލެ-ވިލިމާލެ، މާލެ-ތިލަފުށި އަދި މާލެ-ގުޅީފަޅުގެ އާއްމު ފެރީދަތުރުގެ ޚިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލާފަވާކަމަށެވެ. މިގޮތަށް ނިންމާފައިވަނީ، ޚިދުމަތް ހޯދާ ފަރާތްތަކުގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައިކަމަށާއި އެގޮތުން މިއަދުގެ ހުރިހާ ފެރީ ދަތުރުތައް ވަނީ ކެންސަލްކޮށްފައިކަމަށް އެމްޓީސީސީން ބުނެއެވެ.

އެ ކުންފުނިން ވިދާޅުވީ އަލުން ޚިދުމަތް ފަށާނީ، ދަތުރުކުރެވޭވަރަށް ކަނޑުމަޑުވެ، މޫސުން ރަނގަޅުވުމުންކަމަށެވެ.

މާލެ-ހުޅުމާލެއާ ދެމެދުކުރާ ފެރީގެދަތުރުތައް މެދުކަނޑާލިނަމަވެސް، އެމްޓީސީސީން ދެމުންދާ ބަހުގެ ޚިދުމަތް ލިބެނޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން