އދގައި ތަގްރީރުކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު އަންނަ ހޮޮނިހިިރުދުވަހު އެމެރިކާއަށް ފުރާވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުން ބުނީ، މިދަތުރުފުޅުގައި ރައީސް ސާލިހުގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަހުމަދާއި، ރާއްޖޭގެ މަތީ ފެންވަރުގެ ވަފްދެއް ދަތުރުކުރައްވާނެކަމަށެވެ.

ރައީސް އޮފީހުން ބުނީ ރައީސް ސާލިހު އެމެރިކާއަށް ކުރައްވާ ދަތުރުފުޅުގައި ބައިލެޓްރަލް އަދި މަލްޓިލެޓްރަލް ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

މިދަތުރުފުޅަށްފަހު ރައީސް ސާލިހު އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ.

އދގެ އާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުންތައް ފަށާނީ މިމަހުގެ 21 ވަނަ ދުވަހުއެވެ. އަދި އެބައްދަލުވުމުގައި ރައީސް ސާލިހު ތަގްރީރުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

އދގެ އާއްމު މަޖިލިސް މިމަހުގެ 21 ވަނަ ދުވަހު ފަށާއިރު އެމަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާ ރައީސަކީ ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން