ށ. ބިލެތްފަހި ކުނިގޮނޑަށް ދާން އޮންނަ މަގު ސާފުކޮށް ލެވެލް ކުރުން
ށ. ބިލެތްފަހި ކުނިގޮނޑަށް ދާން އޮންނަ މަގު ސާފުކޮށް ލެވެލް ކުރުން
އެމްޓީސީސީގެ އިޖްތިމާޢީ ޒިންމާގެ ދަށުން ށ. ބިލެތްފަހި ކުނިގޮނޑަށް ދާން އޮންނަ މަގު ސާފުކޮށް ލެވެލް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އެމްޓީސީސީން ބުނީ އެކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރަމުން އަންނަ މި މަސައްކަތުގައި، މަގުތަކަށް ވެލިއަޅައި މަގުތައް ލެވަލް ކުރާނެ ކަމަށެވެ.

އެގޮތުން ބިލެތްފަހި ކުނިގޮނޑަށް ދާން އޮންނަ މަގު ސާފުކުރުމާއި، ލެވެލް ކުރުމާއި، ވިއްސާރަ މޫސުމުގައި ފެންބޮޑުވާ ދިމަދިމާލަށް ވެލިއަޅައިދިނުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އެމްޓީސީސީން ބުނެ އެވެ.

އެމްޓީސީސީން ދަނީ އެ ކުންފުނީގެ އިޖްތިމާޢީ ޒިންމާ އަދާކުރުމުގެ ގޮތުން ރައްޔިތުންނަށް ގިނަގުނަ ޚިދުމަތްތައް ފޯރުކޮށްދެމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން