މާޝާ މިދުހަތު   14 ސެޕްޓެމްބަރު 2021 - 9:54
ބޮލީވުޑްގެ މަޝްހޫރު ދެތަރިން އަދި ދެމަފިރިން ކަމަށްވާ ރަންވީރް ސިންގ އަދި ދީޕިކާ ޕަޑޫކޯން ބިމެއް ގަނެފިއެވެ.


ރަންވީރާއި ދީޕިކާ ބިމެއް ގަނެފައިވަނީ މުމްބާއީގެ ހުޅަނގު އައްސޭރިފަށުގައި އޮންނަ އަލިބަގް ޓައުނުންނެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާގޮތުގައި އަލިބަގް ޓައުނުން ބިންގަތުމުގެ މަސައްކަތްކުރުމަށް ރަންވީރާއި ދީޕިކާ ވަނީ މިދިޔަ ހޯމަ ދުވަހު އަލިބަގް ޓައުނަށް ޒިޔާރަތްކޮށްފައެވެ. އަދި ބިންގަތުމަށް އެއަވަށުގެ ރެޖިސްޓްރާ އޮފީހަށް ދިއުމުން، އެއޮފީސް ކައިރިއަށް ރަންވީރާއި ދީޕިކާ ދެކިލުމަށް މީހުން އެއްވިކަމަށްވެސް އިންޑިއާގެ ނޫސްތަކުން ހާމަކޮށްފައިވެއެވެ.

މީގެއިތުރުން ދީޕިކާ ޕަޑޫކޯން ވަނީ ހުސްވިމަހު ބެންގަލޫރުންވެސް އެޕަރޓްމެންޓެއް ގަނެފައެވެ. ނަމަވެސް ބެންގަލޫރުގައި ހުންނަ އެޕަރޓްމެންޓްގެ ކޮންސްޓްރަކްޝަން މަސައްކަތް އަދި ނުނިމޭކަމަށްވެސް ހަބަރުތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު