އައްޑޫ ސިޓީގެ ރައްޔިތުން ތިބީ އައްޑޫ ސިޓީގައި ބްރިޖު އަޅަން ބަޖެޓްގައި ހިމަނާތޯ ބަލަންކަމަށް އައްޑޫ ސިޓީއަށް ނިސްބަތްވާ ރާއްޖޭގެ ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރަށްވާ، އަހުމަދު ޝަރީފް (ސައިރިކްސް ޝަރީފް) ވިދާޅުވެއްޖެއެވެ.

ޝަރީފް ވިދާޅުވީ އައްޑޫ ސިޓީގެ ދެފަރު ގުޅުވާލަދޭ ބުރިޖު އެއީ އައްޑޫގެ އިގްތިސާދު ވަށައިޖެހި، އައްޑޫގެ ރައްޔިތުންގެ އިޖުތިމާއީ ގުޅުން ބަދަހިވެގެންދާނެ ބުރިޖެއްކަމަށެވެ. އަދި ބްރިޖުގެ ސަބަބުން އައްޑޫގެ ބިމުގެ އަގު މަތިވެ، އިގްތިސާދީ ހަރަކާތްތައްވެސް އިތުރުވެ، މުދަލާއި ހިދުމަތްތަކުގެ އަގު ހެޔޮވެގެންދާނެކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.



ޝަރީފް އިތުރަށް ވިދާޅުވީ އައްޑޫ ސިޓީގެ ބުރިޖު އަޅަނީ ކޮންބައެއްތޯ އައްޑޫ މީހުން މިފަހަރު ނުބަލާނެކަމަށާއި އަދި އައްޑޫ ސިޓީގައި ބުރިޖު އަޅަން ކިހާވަރެއް ހަރަދުވޭތޯވެސް އައްޑޫ މީހުން ނުބަލާނެކަމަށެވެ. ނަމަވެސް އައްޑޫ މީހުން ބަލާނީ މިސަރުކާރުން ބުރިޖު އަޅަން 2022 ގެ ބަޖެޓުގައި ހިމަނާތޯކަމަށް ޝަރީފް ވިދާޅުވިއެވެ.



ޝަރީފް ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް 11 އަހަރުވެ 9 އިސްލާހު ގެނެވުނު އިރުވެސް ރައްޔިތުން ބޭނުންވި އިގްތިސާދީ މިނިވަންކަން އަތޮޅުތަކަށް ނުލިބުނުކަމަށެވެ. އަދި ރައްޔިތުންނާއި ގާތުން ހިދުމަތް ދެވޭގޮތެއް ނުވިއިރު، މިހާރުވެސް އަތޮޅުތަކުގެ ތަރައްގީގެ ކަންކަން ނިންމަނީ މާލޭގެ ފިނި ކޮޓަރިތަކުގެތެރޭގައި ތިބެގެންކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.



ޝަރީފް ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުން އެދޭ ތަރައްގީ ގެނެވޭނީ ގާނޫނު އަސާސީގައި ކަނޑައެޅިފައި އޮތް ޔުނިޓަރީ ދައުލަތުގެ ބަދަލުގައި ފެޑްރަލް ދައުލަތަކަށް ބަދަލުކޮށް، ފެޑްރަލް ނިޒާމެއްގެ ތެރެއިން ސްޓޭޓުތަކެއް ހަދައިގެންކަމަށެވެ. އަދި އެބައެއްގެ ސްޓޭޓެއް އެބައެއްގެ ވިސްނުމާއި ފިކުރަށް ހިންގައިގެން ތަރައްޤީ ގެނެވޭނެކަމަށް ޝަރީފް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު